ސްޓެލްކޯގެ ލީޑާޝިޕް ޓްރެއިނިނިން އިން 663 މުވައްޒަފަކު ފުރިހަމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ބެޗް 12 ނިމިފައިވާ ކަމަށާއި، ގިރިފުށީ ޓްރެއިނިންގ ސެންޓަރުން އިތުރު 54 މުވައްޒަފުން ތަމްރީނުކުރެވިފައިވ ކަމަށެވެ.
ތަމްރީން ކުރެވުނު މުވައްޒަފުންގެ ޖުމްލަ އަދަދު ވަނީ 663 އަށް އަރާފައި ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
“އަޅުގަނޑުމެންގެ މަސައްކަތްތެރިން ބާރުވެރިކުރުވައި، ޕްރޮފެޝަނަލް އެކްސެލެންސް އަށް މަގުފަހިކޮށްދިނުމަކީ ފަޚުރުވެރިވާ ކަމެއް” އެސްޓީއޯ
ސްޓެލްކޯގެ އަމާޒަކީ އަބަދުވެސް މުވައްޒަފުން ތަމްރީން ކުރެވި ހިދުމަތް އަވަސްކަމާއު ފަސޭހަ ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް ސްޓެލްކޯގެ އެމްޑީ ފަހުމީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މި ހަރަކާތްގިރިފުށީގައި ކުރިއަށް ގެންގޮސްފައިވާއިރު، މުވައްޒަފުންނަށް ތަމްރީން ދީފައިވައިވަނީ ދިވެހި ސިފައިންނެވެ.

