މާމެލާމެއްޔަކީ ބަގީޗާތައް ފަޅުފިލުވައިދޭ ބަގީޗާތަކުގެ ވިދުމެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަފާތު ވައްތަރުގެ މާ އަޅާ ގަސްތައް ހުންނައިރު އެންމެ ބޮޑު މާ އަދި އެންމެ ކުޑަ މަލަކީ ކޮބައިކަންވެސް ހޯދާބަލަން ބޭނުންވާ ބަޔަކު ތިބޭނެއެވެ. މަލަކީ ވަރަށް ބޮޑަށް ހިތްގައިމުކަން ގެނެސްދެވޭ އެއްޗެކެވެ. ދިރިއުޅުމާއި އުފަތައް ވެސް މަލާއި ގުޅިފައިވާއިރު މާތަކުގެ ހިތްގައިމުކަމުކަން އެއީ އަޖައިބުކުރުވަނިވި ކަމެކެވެ.
މި އާޓިކަލްގައި މި ބަލާލަނީ ދުނިޔޭގެ އެންމެ ބޮޑު މަލަކީ ކޮބައިކަމެވެ. އަދި އެމަލާއި އޭގެ އަޖައިބުކުރުވަނިވި ސިފަތަކުގެ ވާހަކަތަކެވެ. "ރެފްލެސިއާ އާނޯލްޑް" ނަމުން ނަންދީފައިވާ ދުނިޔޭގެ އެންމެ ބޮޑު މަލުގެ ވާހަކަތަކަށް ބަލާއިރު އެމަލުން ފެންނަނީ އަޖައިބު ކުރުވަނިވި ސިފަތަކެވެ. ބިޔަ ބޮޑު އެ މާ ހެއްދުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ. މަލުގެ މެދުގައި ހުންނަ އޭގެ ކަރުގަނޑުގެ ވަށް ވަޅުގަނޑާއި، ވަށައިގެންވާ ފިޔަތަކުންވެސް އެހެން މާ ތަކަށްވުރެ އަޖައިބުކަން ފެނެއެވެ.

‘ރެފްލެސިއާ އާނޯލްޑް، ނަމުން ނަންދީފައިވާ ދުނިޔޭގެ އެންމެ ބޮޑު މާ
ދިގުމިން ތިން ފޫޓަށް ވުރެ ބޮޑެވެ. "ރެފްލެސިއާ އާނޯލްޑީ" އަކީ 3 ފޫޓަށްވުރެ ބޮޑު ބަރުދަނުގައި 15 ޕައުންޑް ހުންނަ މަލެކެވެ. ރަތް ކުލައާއި، ހުދު ކުލަ މި މަލުގައި ހުރެއެވެ. ފްލެސިއާ އާނޯލްޑަށް "ބޮޑީ ފްލާވާ" ގެ ނަމުން ނަން ދެވިފައިވެއެވެ. މި މާ އުފެދިފައިވަނީ ދެކުނު އިރުމަތީ އޭޝިއާގައެވެ. ހާއްސަކޮށް މި މާ ހުންނަނީ އިންޑޮނޭޝިއާގެ ރެއިންފޮރެސްޓްތަކުގައެވެ.
މި މަލަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަލަކަށްވާއިރު ރެފްލެސިއާ އާނޯލްޑް، ދުނިޔެއިން ނެތިދިއުމުގެ ނުރައްކާ އޮތް ކަމަށް ބެލެވެއެވެ. މި މާ އަޅާ ގަސް މިއީ ހައްދަން އުނދަގޫ ގަހެއް ކަމަށް ދަނޑުވެރިން ބުނެއެވެ. އަދި މި މާ ގޭގެއާއި ގޯތި ތެރޭގައި ހެއްދުމަކީ ފަސޭހަ ކަމެއްނޫން ކަމަށާއި، ސަބަބަކީ މި މަލުން އާދަޔާ ހިލާފު ނުބައިވަހެއް ހުންނާތީ ކަމަށްވެސް ބުނެއުޅެއެވެ.
މަލާއި އޭގެ ވަސް ހަގީގަތުގައި ގުޅުވައިދޭންޖެހޭނީ ހިތްހަމަޖެހުމެވެ. ނަމަވެސް "ރެފްލެސިއާ އާނޯލްޑް" އަކީ ކިތަންމެ ބޮޑު މަލެއް ކަމަށް ވިޔަސް ވަސް އެއީ އެއާ ގާތްވާން ކެރޭ ވަހަކަށްނުވާ ކަމަށްވެއެވެ.

