ދިވެހިރާއްޖޭގެ ހައި ކޯޓު، ރިސެސްއަށް ދާނެކަން އެކޯޓުން ހާމަކޮށްފިއެވެ.
ހައިކޯޓު ރިސެސްއަށް ގެންނަން ނިންމާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 31ގެ ނިއަލަށެވެ.
ހައިކޯޓު ރިސެސްއަށް ދިޔަނަމަވެސް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް އެކޯޓުން ވަނީ ނިންމަވާފައެވެ.
އެ ކޯޓުން ހާމަކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތުގެ އިތުރަށް، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެކަމަށެވެ.
ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

