އަތޮޅު ތެރެއަށް ޙާއްސަކޮށް ޕާސްޕޯޓް ހިދުމަތް ތައާރަފް ކުރަން ނިންމާފައިވާއިރު އެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިހާރު ދ. އަތޮޅުގައި ވެސް ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "އިމުގަ" ބޭނުން ކޮށްގެން ޕާސްޕޯޓަށް އެދެވޭނެ ކަމަށެވެ.
އިމުގަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުޅުވާލާފައިވާ މި ފުރުސަތުގައި ކޮންމެ ހަފްތާއަކު ހޯމަ ދުވަހު ޕާސްޕޯޓް ނެގޭނެ ކަމަށް ވެސް ބުނެއެވެ. އަދި އެ މުއްދަތު އަވަސްކުރަން ބޭނުން ނަމަވެސް އެކަން ލަސްނުކޮށް ކޮށްދެއްވުމަށްވެސް ވަނީ ބުނެފައެވެ.
ކުޑަހުވަދޫން ޕާސްޕޯޓް ހިދުމަތް ލިބުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށް އެރަށުން ވާހަކަ ދެއްކީ މީހުން ވަނީ ކިޔައިދީފައެވެ. އެގޮތުން ރާއްޖޭން ބޭރަށް ދާނަމަ ޝެޑިއުލް ކޮށްގެން ކުރިން ކުރި ދަތުރަށް ކޮންމެވެސް ވަރެއް ލުޔެއް ލިބިފައިވާ ކަމަށާއި، އޮންލައިންކޮށް "އިމުގަ ބޭނުން ކޮށްގެން ޕާސްޕޯޓް ފަސޭހަ ކަމާއެކު ލިބިގެންދާނެ ކަމަށް ވެސް އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.

