އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ފަށައިފިއެވެ.
އައްޑޫ ސިޓީގައި އިމާމުން ތާޒާކުރުމުގެ ތަމްރީމް ޕްރޮގުރާމް ފަށައިފި

އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި ޕްރޮގުރާމުގައި 68 އިމާމުން ވަނީ ބައިވެރިވެފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް 19 އަތޮޅެއްގެ އިމާމުންނަށް މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު، 736 އިމާމުން ވަނީ ތަމްރީންވެފައިވ ކަމަށް އިސްލމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.
