މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ މަރްޔަމް މާރިޔާ އާ ޙަވާލު ކުރައްވައިފިއެވެ.
ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ޑރ ޢާއިޝަތު ރަމީލާ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން މިއަދު ވަނީ އިސްތިޢުފާދެއްވާފައެވެ.
އެމަޤާމަށް ބޭފުޅަކު ޢައްޔަނުކުރެވެންދެން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ މަރްޔަމް މާރިޔާ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިހާރުވަނީ ޙަވާލުކުރައްވާފައިވާކަން މިހާރުވަނީ ހާމަ ކުރައްވާފައެވެ.

