އެއިޑްސް ޖެހިފައިވާ މީހުންނަށް ބޭނުންވަނީ ހަމްދަރުދީ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓްރީން ބުނެފިއެވެ.
ލޯކަލް ގަވަނަންސް މިނިސްޓްރީން މިހެން ބުނެފައިވަނީ ކޮންމެ އަހަރަކު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އެއިޑްސް ދުވަހާ ގުޅިގެން އެކްސްގަ ކުރި ޕޯސްޓެއްގައެވެ.
މިނިސްްރީން ބުނީ ހަމްދަރުދީ އާއި އެއްބައިވަންތަކަމަކީ ކޮންމެ މީހަކަށްވެސް އެންމެ ބޭނުންވާ ކަމަށްވާއިރު މިފަދަ ބަލިތަކަށް ޙާއްސަކޮށް ބޭނުންވާނެ ކަމަށެވެ. އަދި އެޗްއައިވީ/އެއިޑްސް ބަލި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ ބާރުގަދަ ވަސީލަތަކީ ހަމްދަރުދީ ކަމަށް ވާއިރު އެކަން ގަބޫލު ކުރައްވަންޖެހޭނެ ކަމަށެވެ.
އަދި ތަފާތު ގެނައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ކުރުމަކީ މުހިންމު ކަމެެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

