ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ތ. ވޭމަންޑޫ / ލަކްސްލީން، އިބްރާހީމް ޝަރީފް (23އ) އެވެ.
ނޮވެމްބަރު 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ވޭމަންޑޫއިން ކިނބިދޫއަށް ފުރަން އުޅުނު ލޯންޗަކުން އޭނާ ހައްޔަރުކޮށް ބަަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައި ވެއެވެ.
މި މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

