މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލުގެ 10 މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު އޮންނާނީ މި މަހުގެ 7 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 ން 11:00 އަށް، ސޯޝަލް ސެންޓަރުގެ ހަރުގޭގައި ކަމަށެވެ.
މިނިސްޓްރީން ބުނީމި އިންތިޚާބުގެ ކަންކަން ކުރިޔަށްދާ ގޮތް ބެލުމަށްޓަކައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ވަނީ ހުޅުވާލައިފައިވާ ކަމަށާއި، އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވެވޭނީ ކޮންމެ ކެންޑިޑޭޓެއް ނޫނީ އިދާރާއެއް ނުވަތަ ޖަމްއިއްޔާ ޖަމާއަތެއް ތަމްސީލް ކުރާ އެއް ފަރާތަށް ކަމަށެވެ.
އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ފޯމު މި މަހުގެ 4 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ކުރިން އެ މިނިސްޓްރީގެ ރިސެޕްޝަން (ސޯޝަލް ސެންޓަރގެ ގްރައުންޑް ފްލޯ) އަށް ހުށަހެޅުމަށް ނުވަތަ އެ މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށް ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފައެވެ.
އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ފޯމު މިނިސްޓްރީގެ އިއުލާނާއެކު ވަނީ އެއްކަރުދާސްކޮށްފައެވެ.

