މާލޭ އަދި ވިލިމާލޭގެ ފަޅުތެރެ ސާފުކުރުމުގެ މަސައްކަތަކީ ދުވަހުން ދުވަހަށް ކުރެވެމުންދާ މަސައްކަތެއް ކަމަށާއި، ނަމަވެސް ފަޅުތެރެ ބޭނުން ކުރަމުންދާ ފަރާތްތަކުގެ އެއްބާރުލުން ނުލިބޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ އަދި ވިލިމާލޭގެ ފަޅުތެރެ ސާފުކުރުމުގެ މަސައްކަތަކީ ދުވަހުން ދުވަހަށް ކުރެވެމުންދާ ކަމެއް ނަމަވެސް، މި މަސައްކަތް އެންމެ އެދެވޭ ގޮތުގައި ހައްްލު ލިބިގެން ނުދާ ކަމަށެވެ. އެހެންކަމުން ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، މަގުމައްޗަށާއި ކަނޑަށް ކުނި ނޭޅުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

މާލޭ ގަ ކުނިތަްއް ޖަމާވެފަ
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މީގެ ކުރިން ބަނދަރު ސަރައްހައްދުވެސް ކުނިގޮނޑަކަށްވެ ނުތާހިރުކޮށް އޮއްވާ އެތަން ވެމްކޯގެ އެއްބާރުލުމާއެކު ސާފް ކޮށްފައިވާ ކަމަށެވެ.
"މަގުމައްޗަށާއި ޕަބްލިކް ތަންތަނަށް ކުނި ނޭޅުމަށް އިލްތިމާސްކުރަން" މޭޔަރ އާޒިމް
މިއީ އެންމެންގެ އެއްބާރުލުމާއެކު ނޫނީ ނުވާނެ ކަންތައްތަކެއް ކަމަށާއި، ސާފްތާހިރު ކަމަށް އިސްކަންދިނުން ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

