ވިއްސާރައިގައި 110 ގެއަކަށް ގެއްލުން ލިބުނު ކަމަށާއި، ގެއްލުމުގެ އަގު 1.1 މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ ނޮވެމްބަރުގެ ނިޔަލަށް ވިއްސާރައިގައި ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވަނީ 10 ރަށަކުން ކަމަށެވެ. އަދި އެ 10 ރަށުން 110 ގެއަށް އެކިވަރުގެ ގެއްލުން ލިބިގެން ފޯމު ހުށަހެޅި ކަމަށެވެ.
އެންޑީއެމްއޭއިން ބުނީ ހާދިސާތަކާ ގުޅިގެން ހިފައި ގެންގުޅޭ ތަކެއްޗަށާއި، އިމާރާތަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަނަށްވުރެ އިތުރަށް އަރާ ކަމަށެވެ.
އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކުރެންދުއަށް ކަމަށާއި، އެ ރަށުގެ 97 ގެއަކަށް ގެއްލުން ލިބުނު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

