އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1,000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފިއެވެ.
"އިމިގްރޭޝަން ވޮޗް" އިފްތިތާހުކުރީ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މިދިޔަ މަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗަށް 1,017 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވޯކް ވިސާއާ ޚިލާފުވުމާއި، ގާނޫނާ ޚިލާފަށް ކުރަމުންދާ ވިޔަފާރީގެ މައްސަލަތަކެވެ.
އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ކޮންމެ ފަރާތަަކަށް ވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވޭނެއެވެ. އަދި އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ކުރެވިދާނެއެވެ.
އިމިގްރޭޝަން ވޮޗްގެ ސަބަބުން އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ވަނީ ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.

