ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ލާއޯސްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ތޮންގްސަވަންހ ފޮމްވިހާން އަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި ވަނީ “ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ލާއޯސްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ލާއޯސްގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއާއި ލާއޯސްއާއި ދެމެދު އޮތް އެކުވެރި ގުޅުން ކުރިއަށް އޮތްތާގައި އިތުރަށް ވަރުގަދަވެގެންދިއުމެވެ.
އެހެންކަމުން މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ލާއޯސްގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދޭ ކަމަށެވެ.

