ދަނޑުވެރިަކަން ކުރިއެރުވުަމަށް 2020 ވަނަ އަހަރު އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އުވާލަން ސަރުކާރުން ނިންމައިފިއެވެ.
މި ކޯޕަރޭޝަން އުފައްދާފައިވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުމުގެ ބޭނުމުގައެވެ. ސަރުކާރުގެ ދަނޑުވެރިކަމުގެ ކުންފުނި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ހިންގުން ވަނީ އިއްޔެއިން ފެށިގެން މެދުކަނޑާލާފައެވެ.
އެ ކުންފުނީގައި 182 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ އެގްރޯނެޓް ބަންދުކޮށް، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ދަށަށް ބަދަލުކުރަން ވެސް ނިންމިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގަ އެކުންފުނީގެ މަސައްކަތްތައް އެމްއައިޑީއެފްޒެޑްގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

