އިއްޔެ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާލުން ފަޅު ތެރެއިން މަރުވެފައި އޮއްވައި ފެނުނީ މަޑުއްވަރީ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާލުން ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ. އަދި ފަޅުތެރެއިން ނަގައިގެން، ހުޅުމާލޭގެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައެވެ.
މިއަދު ފުލުހުން މީޑީޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއްޔެ ހުޅުމާލޭ ފަޅުތެރެއިން މަރުވެފައި އޮއްވައި ފެނުނީ، އުމުރުން 36 އަހަރުގެ މ. މޑުއްވަރީ/ ކޮކޮނަޓް ވިލާ އިބްރާހިމް ޖިނާހު ކަމަށެވެ.
އޭނާގެ ހަށިގަނޑު ތަހުގީގު ކުރުމަށް ފަހު، އެ ހަށިގަނޑު ރޭ އާއިލާއާ ވަނީ ހަވާލު ކޮށްފައެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

