ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ހާއްސަ އެހީއަށް ބޭނުންވާ 50 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ފަހުރެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 މުވައްޒަފުން، ވަރަށް ހީވާގިކަމާއެކު އެހެން މުވައްޒަފުންނާ ތަފާތެއް ނެތި ސްޓެލްކޯގައި މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ލިބޭ ފަހުރެއް ކަމަށެވެ.
"ސްޓެލްކޯގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން މި މުޖުތަމަޢުއަށް ސާބިތު ކޮށްދެމުން ދަނީ، ތަފާތު ކުރުމެއް ނެތި ފުރުސަތު ލިބިދީފިނަމަ ކޮންމެ މީހަކީވެސް މަސައްކަތުގެ މާހައުލާއި މުޖުތަމަޢުގައި ފުރިހަމައަށް ހިއްސާ ވެވޭނެ މީހެއްކަން،" ސްޓެލްކޯގެ ފަހުމީ ވިދާޅުވިއެވެ.

