ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ޑިޖިޓަލް ވަސީލަތްތައް ބޭނުނުން ކޮށްގެން އަންހެން ވިޔަފާރިވެރިން އަހުލުވެރިކުރުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް މިނިސްޓްރީ އިފް ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީން ޔުނެސްކެޕާއި ގުޅިގެން “އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ނަމުގަ ކުރިއަށްދާ ހަރަކާތެކެވެ.
ފެމިލީ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޙާއްސަ ޕްރޮގުރާމެއް ކަމަށެވެ. އެގޮތުން މއީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެ ކުރިއަށްދާ ޕްރޮގުރާމެއް ކަމަށެވެ. އެހެންކަމުން މި ޕްރޮގުރާމްގެ ސަބަބުން ކުދި އަދިމެދުފަންތީގެ ވިޔަފަރިވެރިންނަށް ވިޔަފާރިއަށް ފަސޭހަ މަހަގަކަށް ވާނެ ކަމަށެވެ.
މި ޕްރޮގުރާމް ކުރިއަށްދަނީ މި މަހުގެ 14 އިންފެށިގެން 16 އިގެ ނިޔަލަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އަދި 7 ޑިސެމްބަރާ ހަމަޔަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތުހުޅުވާލާފައިވާ ކަމަށާއި، މިނިސްޓްރީގެ ސޯޝަލްމީޑިއާ ޕޭޖްތަކުގައި އެކަމަށް ބޭނުންވާ ލިންކް ޝެއާރ ކޮށްފައިވާނެ ކަމަށެވެ. އަދި މިއީ ޖުމްލަ 100 ބޭފުޅުންނަށް ޙާއްސަކޮށްގެން ކުރިއަށްދާ ހަރަކާތެއްކަމުން ކުރީބައިގަ ނަންނޯޓް ކުރުމަށްވެސް އެ މިނިސްތްރީން ބުނެއެވެ.

