މަކުނުތަކަކީ ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް ފެންނަ އެއްޗެކެވެ. ގިނައިން ފެންނަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދަނޑުވެރިކަން ކުރާ ސަރަހައްދު ތަކުންނެވެ.
މަކުނުގެ ބާވަތްތަކުގެ ތެރޭގައި އަންހެން މަކުނާއި ފިރިހެން މަކުނުވެސް ތިބެއެވެ. ވިހަގަދަ އެހެން ދިރޭސޫފިތައް ފަދައިން މީގެ ހަށިގަނޑުގައިވާ ކުލަގަދަ ފާހަނގަތަކަކީ އެންދިރޭތަކެއްޗަށް މީގެ ވިހަގަދަކަން އަންގައިދޭ އަންގައިދިނުމެކެވެ. އެހެންނަމަވެސް އެހެން ދިރޭޖަނަވާރެއް މި ވަހަގަދަ މަކުނު ކެއުމަކުން އެޖަނަވާރުގެ މަރާއިބައްދަލުކުރާކަށް ނުޖެހެއެވެ.
ގޯލިޔަތު ބާޑީޓާ (ތެރަފޯސާ ބްލޮންޑީ) މާސް ނަމަކަށްކިޔާ މަކުނަކީ ހަށިގަނޑުގެ ދިގުމިނަށް ބަލާއިރު ދުނިޔޭގައި ހުރިއެ އެންމެ ބޮޑު މަކުނެވެ. މާސް ގޯލިޔަތު ބާޑީއޭޓަރުގެ ބަރުދަނުގައި 175 ގްރާމް ހުރެއެވެ.
ހަށިގަނޑުގެ ދިގުމިނުގައި 13 ސެންޓިމީޓަރު (5.1 އިންޗި) ހުންނާނެއެވެ. އެމަކުނުގެ ފައިގެ ދިގުމިނުގުގައި ޖަޔަންޓް ހަންޓްސްމަން ސްޕައިޑާއަށް ވުރެ ދެ ގުނަ ބޮޑެވެ.
ގޯލިޔަތު ބާޑީއޭޓާއާ ބެހޭ އިތުރު ބައެއް ހަގީގަތްތައް
މިއީ ބްރެޒިލް އާއި ވެނެޒުއެލާ ހިމެނޭ ގޮތަށް ދެކުނު އެމެރިކާގެ އުތުރުގެ ރެއިންފޮރެސްޓްތަކާއި ވަޅުގަނޑުތަކުން ފެނިފައިވާ އެއްޗެކެވެ. މިއީ ޓަރަންޓޫލާ އާއިލާގެ ތެރޭގައި ހިމެނޭ ވިހަ ގަދަ ކަށިގަނޑެއް ހުންނަ މަކުނެއް ކަމަށްވެއެވެ.
ހަންގަނޑުގައި ނުވަތަ ގައިގެ ތަނެއްގައި މި މަކުނު ތަތްވެޖެނަމަ އާދަޔާ ޙިލާފު ބަދަލުތަކެއް އާދެއެވެ. މައިގަނޑު ގޮތެއްގައި މި މަކުނު ދޫނިތައް މަރާލައެވެ. މި މަކުނަކީ އާދަޔާ ޙިލާފުވިހަ މަކުނުތައް ކަމަށްވެސް ވެއެވެ.

