ށ.ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ %100 ވަނީ ނިމިފަ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ށ. ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން، ރިވެޓްމަންޓް ކާބް ސްޓޯން ޖެހުމުގެ މަސައްކަތުގެ %100 ވަނީ ނިމިފަ. އަދި، ކޮމަންޑޫ ބަނދަރު ރެކްޓިފިކޭޝަންގެ ވޭރިއޭޝަން ފާސްވުމާއެކު، އެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން ކަމަށެވެ.
” މަތި ކޮމަންޑޫ ހިއްކުމުގެ މަޝްރޫޢުގެ ދަށުން، ހިލައިގެ ރިވެޓްމަންޓްގެ މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފަ. އަދި، މިވަގުތު ޖިއޯ ބޭގް ރިވެޓްމަންޓްގެ މަސައްކަތް ފެށުމަށްޓަކައި އެންމެހައި ތައްޔާރީތައްވެސް ވަނީ ފުރިހަމަކުރެވިފަ” އެމްޓިސީސީ
ކޮމަންޑޫ ބަނދަރު މަޝްރޫޢާއެކު ކޮމަންޑޫ ފަޅުން 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފުންކުރުމުގެ އިތުރުން 14،731 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތަކީވެސް ހިމެނެއެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

