މިއަދު ހެނދުނު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އިސް ބޭފުޅުން އައްޑޫ ސިޓީ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުންނެވެ. މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރ ޑރ އިބްރާހިމް ޝިޔާމް އާއި ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޔާސިރުއެވެ.
ބައްދަލުވުމުގައި އައްޑޫ ސިޓީގެ ބަސް ދަތުރުތަކުގެ އިންތިޒާމްތަކާއި، ފެރީ ދަތުރުތަކުގެ ޚިދުމަތްތަކާ ގުޅޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރެވުނެވެ.
އަދި މި ދާއިރާތަކުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.

