އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެއް ކަމަށާއި، ރަށުގައި ޤާއިމުވެހުރި މީހާއާއި ދަތުރެއްގެމަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާ ވެސް ކުރާން އަންގަވައިފައިވާ އަޅުކަމަމަށްވާއިރު ނަމާދު އެޅުމަކިއަވަދި ނެތުމުގެ ސަބަބުން ދޫކޮށްލެވޭ ވަރުގެ އަޅުކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ދިވެހީންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތްކޮށްގެން ޢާމްދަނީ ހޯދާ ބަޔެއް ކަމަށާއި، ޚާއްޞަކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން ފާހަގަކުރެވެ ކަމަށެވެ.
“އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ، ދުވާލުގެ ގިނަ ވަގުތު ތަކުގައި އަވަދިނެތި ވަޒީފާތަކުގައި އުޅޭ ބަޔެކެވެ. އޮފީސްތަކާއި ކުންފުނިތަކާއި ފިހާރަތަކުގައި ވަޒީފާގައި އުޅޭ ދިވެހިން ވެސް ވަރަށް ގިނަކަން ފާހަގަކުރެވޭ. މި ގޮތަށް ދުވާލުގެ ވަގުތުތައް ހޭދަކުރާ އިރު، ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ ސުވާލުކުރާން ޖެހޭ. އޮފީހުން ލިބޭ ހުސްވަގުތު، ބައްޕައެއް ނުވަތަ މަންމައެއްގެ ހައިސިއްޔަތުން ކުރާން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރޭ. އެ ވަގުތަކީ މެންދުރުގެ ކެއުމާއި ދަރީންގެ ސްކޫލުގެ ކަންތައްތަކާއި މެންދުރު ނަމާދުކުރުން ފަދަ، ކަންކަންކުރުމަށް ލިބޭ ވަގުތުކޮޅެއް. މި ކަންތައްތަކުގެ ތެރެއިން އިސްކަންދޭ ތަރުތީބުން ކަންތައްތައް ރާވައިނުލައިފި ނަމަ މީގެ ތެރެއިން ގިނަކަންތައްތައް އޮންނާނީ ނުކުރެވިފަ. މުސްލިމެއްގެ ހައިސިއްޔަތުން ތިމާ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ނަމާދު” ޚުތުބާ
ޚުތުބާގައި އިތުރަށް ބުނެފައިވަނީ މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ދިރިއުޅުމުގެ ބޭނުން ފުއްދުމަށް ޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަންނާން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ބާވަތުގެ މަސައްކަތުގައި އުޅޭންޖެހޭ ގޮތުން މިސްކިތުގެ ޖަމާޢަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރިނަމަވެސް އެ ފަދަ މީހުންނަށް އޮތީ އެ ތިބި ތަނެއްގައި ތިބެ ނަމާދުކުރުން ކަމަށެވެ. މިސްކިތު ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން ކަމަށެވެ.

