ލ.އިސްދޫ އިން ހޮވައިގެން އުޅޭ ބޮމެއް ކަހަލަ އެއްޗަކީ ބޮމެއް ނޫން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވިދާޅުވެއްޖެއެވެ.
އެރަށުން ބޮމެއް ފެނުނު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، 21 ސެޕްޓެންބަރު ވަނަ ދުވަހު ގްރެނައިޓެއް ކަމަށް ބެލެވުނު އެއްޗެއް އެފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފުން ބެލި ބެލުމުން އެއީ ގްރެނައިޓެއްގެ ސިފައަށް އޮތް ލައިޓަރެއް ކަމަށް އެނގުނު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ އެއީ އެއްވެސް ނުރައްކަލެއް ނެތް އެއްޗެއް ކަމަށެވެ.
އިސްދޫން ގްރައިނައިޑެއް ފެނިގެން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އެ ފެނިފައިވަނީ އެރަށު ކޮންނަމުން ދިޔަ ސަރަހައްދަކުން ކުޑަ ކުއްޖަކަށް ކަމަށް ރިޕޯޓް ކުރިއެވެ.

