ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތައް އާންމުކޮށް މިންކުރެވެނީ ޖީޑީޕީ ޕަރ ކެޕިޓާއިންނެވެ. މިއިން އެޤައުމެއްގެ ރައްޔިތުންގެ އެވްރެޖް އާމްދަނީއާއި ދިރިއުޅުމުގެ ފެންވަރު އެނގިގެންދެއެވެ. ތިރީގައި މިވަނީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އިޤްތިޞާދީ ގޮތުން އެންމެ ބާރުގަދަ ޤައުމުތަކެވެ.
1. ލަކްސެމްބާގް
ބޮލަކަށް ޖެހޭ ޖީޑީޕީ : ~135,000 ޑޮލަރު.
ލަކްސެމްބާގަކީ ވަރުގަދަ އިގްތިސާދެއް އޮތުމާއެކު ގިނަ އަދަދެއްގެ މަތީ ފަންތީ ވިޔަފާރިތައް ނިސްބަތްވާ ދުނިޔޭގެ ބޭންކިންގގެ މައި ހަބެވެ. ކުޑަ ޤައުމެއް ނަމަވެސް، ލަކްސެމްބާގްގެ ކުރިއަރަމުންދާ ދަގަނޑުގެ ވިޔަާރިތަކާއި މާލީ އަދި ޓެކްނޮލޮޖީގެ ސިނާއަތްތަކުން އިޤްތިޞާދަށް ވަރުގަދަ ހިއްސާއެއް ކުރެއެވެ. ލަކްސެމްބާގްގެ ރައްޔިތުންނަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ދިރިއުޅުމެއް އުޅޭ އެއްބަޔެވެ.
2. ސިންގަޕޫރު

ސިންގަޕޫރުގެ ގާޑެންސް ބައި ދަ ބޭ.
ބޮލަކަށް ޖެހޭ ޖީޑީޕީ : ~125,000 ޑޮލަރު.
ސިންގަޕޫރުގައި ވަނީ ވަރަށް ތަރައްޤީވެފައިވާ، ވިޔަފާރިއަށް އަމާޒުކުރެވިފައިވާ އިޤްތިޞާދެކެވެ. ދުނިޔޭގެ މާލީ މަރުކަޒެއްގެ ގޮތުގައި، މިޤައުމު މަޝްހޫރުވެފައިވަނީ ވިޔަފާރިއަށް ފަހި މާހައުލަކާއި، ތަރައްޤީވެފައިވާ އިންފްރާސްޓްރަކްޗަރއަކާއި، އޭޝިއާގައި ވިޔަފާރީގެ މައި ބަދަރަށް ވުމުގެ ސަބަބުންނެވެ. އިލެކްޓްރޯނިކްސް، ބޭސްވެރިކަން އަދި ބޭންކިންގ ފަދަ ސިނާއަތްތަކުން ސިންގަޕޫރުގެ މުއްސަނދިކަން އިތުރުވެއެވެ.
3. އަޔަލޭންޑް
ބޮލަކަށް ޖެހޭ ޖީޑީޕީ : ~115,000 ޑޮލަރު.
ކުރީގައި ފެހި ގަސްގަހާގެހީގެ މަންޒަރުތަކަށް މަޝްހޫރުވެފައިވާ އަޔަލޭންޑް، މިހާރު މަޝްހޫރުވެފައިވަނީ އެގައުމުގެ ކުރިއަރަމުންދާ ޓެކްނޮލޮޖީ އަދި ބޭސްވެރިކަމުގެ ދާއިރާތަކަށެވެ. ކުންފުނިތަކުން ނަގާ ޓެކްސް ކުޑަވުމާއި، ހުނަރުވެރި މަސައްކަތްތެރިންގެ ސަބަބުން، މިއީ ބޮޑެތި ގައުމުތަކުގެ ކުންފުނިތަކުން އަޔަލޭންޑަށް ޖަމާވެއެވެ. މިޤައުމަށް ފައިދާވަނީ ޚާއްޞަކޮށް މާލީ އަދި އައިޓީގެ ދާއިރާއިން ފެންވަރު ރަނގަޅު ޚިދުމަތްތައް ފަހިވެފައިވާތީއެވެ.
4. ޤަޠަރު

ޤަތަރުގެ ދޯހާގެ އިމާރާތްތައް.
ބޮލަކަށް ޖެހޭ ޖީޑީޕީ : ~100,000 ޑޮލަރު.
ޤަޠަރުގެ މުއްސަނދިކަން ބިނާވެފައިވަނީ އެޤައުމުގައި ގިނަ އަދަދަކަށް ހުރި ތެލާއި ގުދުރަތީ ގޭހުގެ މައްޗަށެވެ. ޤަޠަރުން ވަނީ އިންފްރާސްޓްރަކްޗަރ އަދި އިޤްތިޞާދު ކުރިއެރުވުގެ މަޝްރޫއުތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޤަޠަރުންވަނީ ޒަމާނީ ތަރައްޤީގެ ކުލަވަރުތައް ދައްކުވައިދީފައެވެ.
5. ސްވިޒަލޭންޑް
ބޮލަކަށް ޖެހޭ ޖީޑީޕީ : ~95,000 ޑޮލަރު.
ސުވިޒަލޭންޑްގެ އިޤްތިޞާދު ހިންގަނީ ބޭންކިންގ، އިންޝުއަރެންސް، ބޭސްވެރިކަން އަދި މަތީ ފެންވަރުގެ އުފެއްދުންތަކުންނެވެ. އަދި ސްވިޒަލޭންޑް މަޝްހޫރުވެފައިވަނީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ އިތުރުން އެގައުމުގެ ރައްޔިތުންގެ މަތީ ފަންތީގެ ދިރިއުޅުމުގެ ސަބަބުންނެވެ. ސްވިޒަލޭންޑަކީ އައު އީޖާދުތަކުގައި ކުރިއަރާފައިވާ އަދި މަތީ ފެންވަރުގެ މުދާ އެކްސްޕޯޓްކުރާ ޤައުމެކެވެ. މިއީ ދުނިޔޭގައި އެންމެ ދިރިއުޅެން ފަސޭހަ އަދި އެންމެ ހަމަޖެހުން ގާއިމްވެފައިވާ ޤައުމުތަކުގެ ތެރޭގައި އަބަދުވެސް ހިމެނޭ ޤައުމެކެވެ.
6. ޔުނައިޓެޑް ސްޓޭޓްސް

އެމެރިކާގެ ސްޓެޗޫ އޮފް ލިބާރޓީ.
ބޮލަކަށް ޖެހޭ ޖީޑީޕީ : ~80,000 ޑޮލަރު.
ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު އޮތް ޤައުމު ކަމުގައިވާ އެމެރިކާގެ މުއްސަނދިކަން ބިނާވެފައިވަނީ ތަފާތު އަދި އައު އީޖާދުތަކަށް މަގުފަހިވާ އިޤްތިޞާދީ އޮނިގަނޑެއްގެ މައްޗަށެވެ. އެމެރިކާގެ އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާ މުހިންމު ދާއިރާތަކުގެ ތެރޭގައި ޓެކްނޮލޮޖީ، ޞިއްޙީ އަދި މާލީ ދާއިރާގެ އިތުރުން އުފެއްދުންތެރިކަން ހިމެނެއެވެ. އެމެރިކާގެ ބޮޑު ކަސްޓަމަރުންގެ މާކެޓާއި ދުނިޔޭގެ ނުފޫޒުގެ ސަބަބުން މިއީ އިޤްތިޞާދީ ގޮތުން ބަރުގަދަ ޤައުމެކެވެ.
7. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)
ބޮލަކަށް ޖެހޭ ޖީޑީޕީ : ~78,000 ޑޮލަރު.
އުސް އިމާރާތްތަކާއި ޒަމާނީ ސިޓީތަކުގެ ސަބަބުން މަޝްހޫރު ޔޫއޭއީ ވަނީ އޭގެ އިޤްތިޞާދު ކާމިޔާބުކަމާއެކު ތަފާތު ދާއިރާތަކަށް ބަހާލާފައެވެ. އެގޮތުން ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިތައް މިހާރު ވަނީ ތެލުގެ ވިޔަފާރިއާއި ވާދަކުރާ ހިސާބަށް ގޮސްފައެވެ. މީގެ ސަބަބުން ޔޫއޭއީ ވިޔަފާރިއާއި އިގްތިސާދީ ދުނިޔޭގެ މައި މަރުކަޒަކަށް ވެފައިވެއެވެ.
8. ނޯވޭ

ނޯވޭގެ ސިޓީއެއް ކަމުގައިވާ ބާގެން.
ބޮލަކަށް ޖެހޭ ޖީޑީޕީ : ~77,000 ޑޮލަރު
ނޯވޭގެ މުއްސަނދިކަން ބިނާވެފައިވަނީ އެޤައުމުގައި ގިނަ އަދަދަކަށް ހުރި ތެލާއި ގުދުރަތީ ގޭހުގެ އިތުރުން، ހައިޑްރޯ ޕަވަރ އަދި މަސްވެރިކަން ފަދަ ދެމެހެއްޓެނިވި ސިނާއަތްތަކުގެ މައްޗަށެވެ. އަދި ނޯވޭގެ ވެލްފެއަރ ނިޒާމުން ރައްޔިތުންނަށް މަތީ ފެންވަރުގެ ދިރިއުޅެވޭނެ ގޮތްތައް ފަހިކޮށްދީ ހަމަހަމަކަން ކަށަވަރުކޮށްދެއެވެ.

