އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލަ ބަލަމުންދާކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މިދިޔަ ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބިދޭސީންތަކެއް މާރާމާރީ ހިންގި މައްސަލައެއް މިހާރު ދަނީ ތަޙުގީގުކުރަމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާރާމާރީ ހިންގައި ޢާންމު މަޞްލަޙަތު ނަގާލުމުގައި ބައިވެރިވި ބިދޭސީންގެ މައްސަލަ ޓާސްކް ފޯސްއިން ބަލަމުންދާ ކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ ބިދޭސީންނާމެދު ފިޔަވަޅު އަޅުއްވާނެކަމުގެ ޔަގީންކަންވެސް ކޮންޓްރޯލަރ ވަނީ ދެއްވާފައެވެ.
މީގެއިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވެ، ދިވެހި ވިޔަފާރިތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން އިމިގްރޭޝަނުން ފާހަގަކޮށްފައި ވެއެވެ. މި މަސައްކަތަށްޓަކައި އެކުލަވާލާފައިވާ އިމިގްރޭޝަން ވޮޗްއަށް 1000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށްވެސް އިމިގްރޭޝަނުން ނުވެއެވެ.

