މުސާރަ ނުލިބޭތާ މަސްތަކެއް ވެފައިވާކަމަށް ބުނެ މިއަދު މާލޭގައި އިހްތިޖާޖުކުރި 55 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިިޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މުލިއާގެ ހިމެނޭ ސަރަޙައްދުގައި ބިދޭސީންތަކެއް ހިތްހަމަނުޖެހުން ފާޅު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުން އެސަރަހައްދުގައި ޙަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މި އިހުތިޖާޖުގައި ބައިވެރިވި ބިދޭސީންތައް މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު 55 ބިދޭސީންގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ 38 މީހުންނާއި ބަންގްލަދޭޝަށް ނިސްބަތްވާ 17 މީހުންނެވެ.

