ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު 2023 ވަނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 5% އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް ވީއައިއޭގައި ޖުމްލަ 13،671 އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް ރެކޯޑުކުރެވިފައިވެއެވެ.
މީގެ ތެރެއިން 12،565 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 1،106 މޫވްމެންޓަކީ ޕްރައިވެޓް ދަތުރުތަކާއި ޗާޓަރު ފްލައިޓްތަކުގެ މޫވްމެންޓްތަކެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް 23 ގައުމަކުން ޖުމްލަ 43 އެއާލައިން ދަތުރުތައް ބާއްވަމުން ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރަމުންދާކަމުގެ ހެއްކެކެވެ.

