ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެސްޓްރަޒެނެކާއާ ގުޅިގެން ނޭވާހިއްލުމުގެ ދަތިކަން (އެސްތުމާ) އަދި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމަނަރީ ޑިޒީޒް (ސީއޯޕީޑީ) ފަދަ ބަލިތަކަށް ބޭނުންކުރެވޭ ދެ އައު ބޭސް ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ. އެއީ ސިމްބިކޯޓް ޓަރބުހޭލަރ އަދި ޕަލްމިކޯޓް ރެސްޕިއުލްސްއެވެ.
މި ބޭސްތައް ރަސްމީކޮށް ތަޢާރަފުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ އިއްޔެ، ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
މި ރަސްމިއްޔާތުގައި 60 އަށްވުރެ ގިނަ މެޑިކަލް ޕްރޮފެޝަނަލުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ބަލިތަކަށް މި އައު ބޭސްތަކުން ލިބިގެންދާނެ ފައިދާތަކާއި، ބަލިމީހުންނަށް ދެވޭ ފަރުވާ ރަނގަޅުވެގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ.
މި ރަސްމިއްޔާތުގެ ވާހަކަ ދެއްކެވި އިންޑިއާގެ ޕްރޮފެޝަނަލް ޕަލްމޮނޮލޮޖިސްޓް ޑރ. ރެނިސް ޑޭވިސްއެވެ. ޑރ ރެނިސްގެ ވާހަކަފުޅުގައި ގްލޯބަލް އިނީޝިއޭޓިވް ފޯ އެސްތުމާ (ޖީނާ) {the GINA (Global Initiative for Asthma)} ގެ ގައިޑްލައިންތަކަށް އަމަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މި ގައިޑްލައިންތަކުގައި ޝޯޓް-އެކްޓިންގ ބީޓާ އެގޮނިސްޓްސް (ސާބާ) (SABA) އެކަނި ބޭނުންކުރުން މަދުކުރުމަށް ބާރުއަޅައި، އެސްތަމާ އަދި ސީއޯޕީޑީ ބަލިމީހުންގެ ރިސްކު ކުޑަކޮށް، ފަރުވާގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ފުރިހަމަ މެއިންޓެނަންސް އަދި ރިލީވަރ ތެރަޕީ އެއް ބޭނުންކުރުމަށް ބާރުއަޅާފައިވާކަން ޑރ. ޑޭވިސް ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ޑޮކްޓަރ ވާހަކަދައްކަވަނީ / ފޮޓޯ:އެސްޓީއޯ

މި ރަސްމިއްޔާތުގައި 60 އާ ގާތްކުރާ އަދަދެއްގެ ޑޮކްޓަރުން ބައިވެރި/ ފޮޓޯ:އެސްޓީއޯ
އެސްޓީއޯއިން ވަނީ ރާއްޖޭގެ މުހިންމު ސިއްހީ ބޭނުންތަކަށް އިޖާބަދިނުމަށާއި، ދިވެހިންގެ ދިރިއުޅުމުގެ ފެޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އަޒުމު ކަނޑައަޅާފައެވެ. މި ބޭސްތައް ތައާރަފުކުރުމަކީ ޒަމާނީ މެޑިކަލް ހައްލުތައް ފޯރުކޮށްދިނުމަށާއި، ސިއްހަތު ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް އެސްޓީއޯއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.
މި އައު ބޭސްތައް ތައާރަފުކުރުމާއެކު، އެސްތަމާ އަދި ސީއޯޕީޑީ ފަދަ ބަލިތަކުން އުޅޭ ދިވެހިންނަށް އިތުރު ލުޔެއް ލިބި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
އެސްޓީއޯއިން (ސަރުކާރުން) ރާއްޖެއަށް މިއިންހޭލާ ގެނައުމަކީ އެތައްބަޔަކަށް ލިބުނު ވަރަށް ބޮޑު އުއްމީދެކެވެ. މިބޭސް ގެނައުމުން، މީގެ ބޭނުންޖެހިފައި ތިބި އަދި މި ލިބޭނެ ގޮތެއް ނެތިފައި ތިބި ދިވެހިންނަށް ދިނީ އުފާވެރިކަމެކެވެ.

