އައު ދިރާސާއަކުން އެނގުނު ގޮތުގައި ވަގުތީ ގޮތުން ނަމަވެސް ދުނިޔޭގެ ވަށައިގެން މިހާރު ދެވަނަ ހަނދެއް ވަނީ ދައުރުވާން ފަށައިފައެވެ.
މެޑްރިޑްގެ ކޮމްޕްލުޓެންސް ޔުނިވަރސިޓީގެ ޖައްވު ދިރާސާކުރާ ފަރާތްތަކުން ސައުތު އެފްރިކާގެ ސަދަލޭންޑްގައި ހުރި ޓެލެސްކޯޕެއް ބޭނުންކޮށްގެން، ދުނިޔޭއާއި މަދާރުގައި އޮތް 2024 ޕީޓީ5 ގެ ނަމުން ނަންދެވިފައިވާ އެސްޓަރޮއިޑެއް ވަނީ ފާހަގަކޮށްފައެވެ. ގާތްގަނޑަކަށް 11 މީޓަރުގެ ޑައިމީޓަރެއް ހުރި މި އެސްޓަރޮއިޑް ފުރަތަމަ ފެނިފައިވަނީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އަދި މި އެސްޓަރޮއިޑަށް މުޅި ދުނިޔޭގެ ސައިންސްވެރިންގެ ޝައުޤުވެރިކަން ލިބިފައިވެއެވެ.
ދުނިޔޭގެ އަސްލު ހަނދަކީ 3،474 ކިލޯމީޓަރުގެ ޑައިމީޓަރެއް ހުރި ވަރަށް ބޮޑު އެއްޗެކެވެ. އެހެންނަމަވެސް 2024 ޕީޓީ5 އަކީ އެއާ އަޅާބަލާއިރު ވަރަށް ކުޑަ ނަމަވެސް މީގެ ވުޖޫދަކީ އެތައް ބަޔެއްގެ ޝައުޤުވެރިކަން ދަމައިގަތް އެއްޗެކެވެ.
އަސްލު ހަނދުގެ ދާއިމީ އޯބިޓާއި ޚިލާފަށް، 2024 ޕީޓީ5 ގިނަ އެހާ ގިނަ ދުވަހަކު ނުހުންނާނެއެވެ. ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީން މަޢުލޫމާތު ދޭ ގޮތުގައި މި އެސްޓަރޮއިޑް ދުނިޔޭގެ ގްރެވިޓީގެ ސަބަބުން ހިފެހެއްޓުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ. އަދި 2024 ވަނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު ދުނިޔޭގެ އޯބިޓުން ޕީޓީ5 ނުކުންނާނެއެވެ. އެހެންނަމަވެސް މިއީ ސައިންޓިސްޓުންނަށް ޖައްވާއި ބެހޭ ގޮތުން އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެ ފުރުޞަތެކެވެ.

ގާތްގަނޑަކަށް 11 މީޓަރުގެ ޑައިމީޓަރެއް ހުރި އެސްޓަރޮއިޑް.
2024 ޕީޓީ5 ގެ މުއްދަތު ކުރު ނަމަވެސް، އޭގެ މަގު ސައިންޓިފިކް ހޯދުންތަކަށް ޚާއްޞަ ފުރުޞަތެއް ދެއެވެ. މިކަމުން ޖައްވުަގައި ހުންނަ ކުދި އެއްޗެހިތައް ދުނިޔޭގެ ދަމަ ބާރުން އަސަރު ކުރާ ގޮތް ދިރާސާކުރުމަށް ތަޙުޤީޤުވެރިންނަށް މަގުފަހިކޮށްދެއެވެ.
2024 ޕީޓީ5 ފަދަ މިނީ މޫންތައް ފެނުމަކީ ވަރަށް އާންމު ކަމެކެވެ. އެހެންނަމަވެސް މިފަދަ އެއްޗެހި ގިނަފަހަރު ފާހަގަނުކުރެވެނީ މި އެއްޗެހީގެ ކުޑަކަމުންނެވެ. އެމްއައިޓީގެ ޖައްވު ދިރާސާކުރާ ފަރާތެއް ކަމަށްވާ ރިޗަޑް ބިންޒެލް ބުނި ގޮތުގައި ދުނިޔޭގެ ދަމާ ބާރުގެ ސަބަބުން އެއްޗެހި ދުނިޔޭގެ އޯބިޓަށް އެރުމަކީ ނިސްބަތުން އާންމު ކަމެކެވެ. އެހެންނަމަވެސް މި އެއްޗެހި ގިނަފަހަރު ވަރަށް ކުޑަވުމުގެ ސަބަބުން ދެނެގަންނަން އުނދަގޫވެއެވެ. ނަމަވެސް ޓެލެސްކޯޕް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، ދިރާސާކުރާ ފަރާތްތަކަށް މިހާރު ޖައްވުގައި ހުންނަ މި ކުދި އެއްޗެހި ފަސޭހައިން ދެނެގަނެ ޓްރެކްކުރެވެއެވެ.
މިސާލަކަށް، 2024 ޕީޓީ5 އަކީ ހަނދުގެ ސައިޒާ އަޅާބަލާއިރު ކުޑަ އެއްޗެއް ކަމުގައިވީނަމަވެސް، އެއީ ދުނިޔެއާ ކައިރީގައިވާ އެއްޗެހީގެ އަސްލު ދެނެގަތުމުގައި މުހިންމު ފިޔަވަޅެކެވެ. މި މިނީ މޫންތަކުން އެސްޓަރޮއިޑްތަކާއި ސުރޫދު ނިޒާމްގެ ކަންކަމާއި ބެހޭ ގިނަ މަޢުލޫމާތުތަކެއް އެނގިގެންދެއެވެ.
މި މިނީމޫން ދުނިޔޭގެ ވަށައިގެން ހުންނާނެ މުއްދަތު ކުރު ނަމަވެސް، މިއީ ޖައްވާއި ބެހޭގޮތުން ދިރާސާކުރާ ފަރާތްތަކަށް މުހިންމު ކުރިއެރުމެކެވެ. މި އެސްޓަރޮއިޑް އާދައިގެ ޓެލެސްކޯޕްތަކުން ފެންނަ ވަރަށްވުރެ ކުޑައެވެ. އެހެންނަމަވެސް ޕްރޮފެޝަނަލް އާލާތްތައް ބޭނުންކޮށްގެން ތަފްޞީލުކޮށް ދިރާސާކުރެވިދާނެއެވެ. 2024 ޕީޓީ5 ބަލަން ބޭނުންނަމަ ދިރާސާކުރާ ފަރާތްތަކަށް މަދުވެގެން 76 ސެންޓިމީޓަރުގެ ޑައިމީޓަރެއް ހުރި ޓެލެސްކޯޕެއް ބޭނުންވާނެއެވެ.
2024 ޕީޓީ5 ފަދަ މިނި މޫންތައް ދިރާސާކުރުމަކީ ދިރާސާގެ މުސްތަޤްބަލަށް ވަރަށް ބޮޑު އުންމީދެއް އޮތް ކަމެކެވެ. މި ތަކެއްޗަކީ އަސްލު ޤުދުރަތީ ލެބޯޓަރީތަކެކެވެ. މިފަދަ ދިރާސާތަކުން އެސްޓަރޮއިޑްތަައް ނުވަތަ ކުރިމަގުގައި ޖައްވުގެ މިޝަންތަކަށް އައު ޓެކްނޮލޮޖީތައް ތަރައްޤީކުރުމަށް އެހީތެރިވެދޭނެއެވެ.

ޕީޓީ5 2024އަކީ ހަނދުގެ ސައިޒާ އަޅާބަލާއިރު ކުޑަ އެއްޗެއް.
މިނި-މޫން 2024 ޕީޓީ5 ދުނިޔޭގެ ވަށައިގެން ދައުރުވާނީ ކުރު މުއްދަތަކަށް ނަމަވެސް، އޭގެ ސަބަބުން ޖައްވުގައިވާ އެތައް ކަމެއް ދެނެގަނެވިގެން ދެއެވެ. މި ވަގުތީ އެއްޗެހި ދުނިޔޭގެ ވަށައިގެން ވާއިރު، ދުނިޔޭގެ ދަމާބާރުގެ އަސަރު ދިރާސާކުރުމަށާއި މިތަކެއްޗާއި ބެހޭ ގޮތުން އިތުރަށް ދެނެގަަތުމަކީ މަދުން ލިބޭ ފުރުޞަތެކެވެ.
މި މިނީ މޫންތަކަކީ މިހާ ޝައުޤުވެރިކަން އުފެދޭ ކަމަކަށް ވަނީ އެއީ ހަމައެކަނި ޢަޖައިބުން ފުރިގެންވާ ކަމަކަށް ވީތީއެއް ނޫނެވެ. އެއީ ސަުރޫދު ނިޒާމުގެ ކުޑަ ނަމަވެސް މުހިންމު ބައެއް ކަމަށްވާތީއެވެ. ޖައްވުގައިވާ އެންމެ ކުދި އެއްޗެހިން ވެސް ކައިނާތާއި ބެހޭ ގޮތުން އެތައް ކަމެއް ކިޔައިދޭ ކަން މިކަމުން އެނގިގެންދެއެވެ. އަދި އަޅުގަނޑުމެންގެ ދިރާސާކުރުމުގެ ޤާބިލުކަން އިތުރުވަމުންދާ ވަރަކަށް، ޖައަވުގައިވާ މި ވަގުތީ އެއްޗެހި އިތުރަށް ފުންކޮށް ދިރާސާކުރުމުގެ ޤާބިލިއްޔަތު ވެސް އިތުރުވެގެންދެއެވެ.
އެހެންކަމުން، 2024 ޕީޓީ5 މާ ގިނަ ދުވަހަކު ދެމި ނެތް ނަމަވެސް، އޭގެ ކުރު މުއްދަތުގައިވެސް ކާއިނާތް ދިރާސާކުރުމުގައި ޝައުޤުވެރި އައު ބާބެއް ހުޅުވައިދެއެވެ.

