ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަށް ހާއްސަކޮށް 3 ޕެކޭޖެއް، ޖޯޒީ އެމްވީ ތައާރަފް ކޮށް ހުޅުވާލަިފިއެވެ.
ޖޯޒީ އެމްވީއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުޅިވަރުގެ ސާމާނު ވިޔަފާރި ކުރަމުންދާ ފަރާތެކެވެ. މި މުބާރާތާއި ދިމާކޮށް، ޖޯޒީ އެމްވީން ވަނީ ގޯލްޑް، ޕްލެޓިނަމް، ސިލްވަރ ޕަކޭޖް ތައާރަފް ކޮށްފައެވެ. މި ޕެކޭޖެ ތަކުގެ ތެރޭގައި، ކަނޑައަޅާފައިވާ އަދަދަށް ސަޕޯޓަރުންގެ ޖާޒީ ހަމަ ކުރުމުން ހިމެނިފައިވާ ހުރިހާ ސާމާނެއް ހިލޭ ދެވޭނެއެވެ.
މި ޕެކޭޖްތަކުގެ ތެރެއިން ހިމެނޭ އެންމެ ބޮޑު ޕެކޭޖް ޕްލެޓިނަމްގައި ހިމެނެނީ، 14 ކުޅުންތެރިން ހިމެނޭ ހޯމް އެންޑް އަވޭ 2 ޖޯޒީ ބަޔާއި އަދި 10 އޮފިޝަލުންގެ ޖާޒީގެ އިތުރުން 20 ކުޅުންތެރިންގެ މައްޗަށް ހިމެނޭ ޕްރެކްޓިސް ކިޓެކެވެ. އަދި ހަމަ މި ޕެކޭޖްގެ ދަށުން 20 ކުޅުންތެރިންގެ ޓްރެވެލް ކިޓާއި، 12 ބިބް ވެސް ލިބޭނެއެވެ. އަދި ކޮންމެ ކުޅުންތެރިޔަކަށް ބޭގް އަކާއި ކެޕްޓަން ބޭންޑާއި، ޓީމްގެ ދިދައިގެ އިތުރުން 28 ދިގު ސްޓާކީންވެސް ޕްލެޓިނަމް ޕެކޭޖެގައި ހިމެނެއެވެ. މިޕެކޭޖަށް ސަޕޯޓަރުންގެ ޖޯޒީގެ ގޮތުގައި ކަނޑައަޅާފައިވަނީ 350 ޖާޒީއެވެ. 350 ޖާޒީ ހަމަކުރުމުން ޕްލެޓިނަމް ޕެކޭޖްގެ ތެރޭގައި ހިމެނޭ ހުރިހާ އައިޓަމެއް އެޓީމަކަށް ހިލޭ ލިބޭނެއެވެ.

ގޯލްޑް ޕެކޭޖުގައި ވެސް ހޯމް އެންޑް އަވޭ ޖާޒީ ބަޔާއި، އޮފިޝަލުން ޖާޒީ އަދި ޓްރެވަލް ކިޓުގެ އިތުރުން ޕްރެކްޓިސް ކިޓުވެސް ހިމެނެއެވެ. މި ޕެކޭޖުގައި ސްޓާކީން ހިމެނިފައި ނުވެއެވެ. އެހެންނަމަވެސް ޓްރަވެލް ބޭގް އަދި ކެޕްޓަން ބޭންޑާއި ޓީމްގެ ދިދަ ހިމަނާފައިވެއެވެ. މި ޕެކޭޖަށް ސަޕޯޓަރުންގެ ޖޯޒީގެ ގޮތުގައި ކަނޑައަޅާފައިވަނީ 275 ޖާޒީއެވެ. މި އަދަދަށް ސަޕޯޓަރުންގެ ޖާޒީ ހަމަކުރުން ގޯލްޑް ޕެކޭޖުގައި ހިމެނޭ ހުރިހާ އައިޓަމެއް ހިލޭ ލިބޭނެއެވެ.

ސިލްވަރ ޕެކޭޖުގައި ހިމެނެނީ ހޯމް އެންޑް އަވޭ ޖާޒީ ބަޔާއި، އޮފިޝަލުންގެ ޖޯޒީގެ އިތުރުން ޕްރެކްޓިސް ކިޓު އަދި ސްޓާކީނާއި ކެޕްޓަން ބޭންޑާއި ޓީމްގެ ދިދައެވެ. ސިލްވާ ޕެކޭޖުގައި ސަޕޯޓަރުންގެ ޖާޒީގެ ގޮތުގައި ކަނޑައަޅާފައިވަނީ 200 ޖާޒީއެވެ. މިއަދަދަށް ޖާޒީ ހަމަކުރުމުން މި ޕެކޭޖުގައި ހިމެނޭ ހުރިހާ އައިޓަމެއް ހިލޭ ލިބޭނެއެވެ.

މިއީ ގޯލްޑަން ފުޓްސަލް މުބާރާތައި ދިމާކޮށް މިހާތަނަށް ނެރުނު އެންމެ ފުރިހަމަ ޕެކޭޖެއެވެ. ރަށްރަށުގެ ޓީމްތަކުން ވާދަކުރާ އިރު އެރަށެއްގެ ސަޕޯޓަރުންގެ ޖޯޒީ ހަމަ ކުރުމުން އެޓީމަކަށް މި މުބާރާތަށް ބޭނުންވާ މުހިންމު ހުރިހާ ސާމާނެއް އިތުރައް ގަންނާކަށް ނުޖެހޭނެއެވެ.

