ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިން ދެ މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ. އެ އަމުރާ ގުޅިގެން ހޯދަމުންދަނީ ލ. ގަން. ތުނޑި / ރޯސް، މުޙައްމަދު މާޖިދު (30އ) އެވެ.
ދެވަނަ ފަރާތެއްގެ ގޮތުގައި ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދާ ކަމަށެވެ. އެ އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. ގުޅި / ސިޔާނާމަންޒިލް، އަޙްމަދު ޝަބީން (39އ) އެވެ.
މުޙައްމަދު މާޖިދު ހޯދަމުންދަނީ އޭނާގެ މައްޗަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ. މީނާ ހޯދަނީ ބަންދުގައި ބަހައްޓައިގެން ޑިސެންބަރު 11 ވަނަ ދުވަހުގެ 11:00 އަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.
އަޙްމަދު ޝަބީން ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޓެކުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެންބަރު 11 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށާއި، މުޙައްމަދު މާޖިދު އަދި އަހްމަދު ޝަބީން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިމެވެ.

