އިނގިރޭސި ވިލާތުންވަނީ “ޝިވްނިންގ/މޯލްޑިވިސް ސްކޮލަރޝިޕް”ގެ ދަށުން، އިނގިރޭސި ވިލާތް (ޔޫކޭ)ގެ ޚަރަދުގައި 4 ދިވެހި ދަރިވަރުންނަށް ޔޫކޭ ޔުނިވާސިޓީތަކުގައި މާސްޓަރސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ދެއްވާފައެވެ. އޭގެ އިތުރުންވެސް މަތީތައުލީމްގެ ގިނަ ފުރުސަތުތަކެއް ވަނީ އިތުރުވެގެން ގޮސްފަ ކަމަށް ވިދާޅުވަމުން މިނިސްޓަރު މާރިޔާގެ ޝުކުރު ޔޫކޭ މިނިސްޓަރަށް ފޮނުވައިފިއެވެ.
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ލޭބާރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ މިހެން ވިދާޅުވީ އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކެރޮން ރޮސްލާ، މިނިސްޓަރ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.
މިނިސްޓްރީގައި ބޭއްވި އެ ބައްދަލުކޮށްލުމުގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ އިނގިރޭސި ސަފީރު، ކެރޮން ރޮސްލާ، ގެ މޭސްތިރިކަމުގައި ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވެވި މަސައްކަތް ފުޅު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވަވާފައެވެ.
ޚާއްސަކޮށް މަތީތައުލީމުގެ ފުރުސަތުތަށް ދިވެހިންނަށް ފަހިކޮށް ދެއްވުމަސް ގުޅިގެން ކުރެއްވި މަސައްކަތްޕުލުތައް ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

