ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެ އައިސް އުޅޭ ބިދޭސީއަކު، ރާއްޖޭގައި ވިޔަފާރި ހިންގަމުންދިޔަ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި ރާއްޖެއަށް، ޓޫރިސްޓުންގެ ނަމުގައި އައިސް އުޅޭ ބައެއް ބިދޭސީން ވިޔަފާރި ހިންގުމާއެކު އާންމު ތަންތަނުގައި ދިރިއުޅެމުންދާ މައްސަލަތައް، ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އަދި ހަމައެހެންމެ މިފަދަ މައްސަލަތަކަށް އަވަސް ފިޔަވަޅު އަޅަމުންދާ ކަމަށާއި، އެގޮތުން އިއްޔެ ފަތުރުވެރިއެއް ގޮތަށް ރާއްޖެ އައިސް ވިޔަފާރި ހިންގަމުންދާ އަންހެނަކު ހައްޔަރު ކުރެވުނު ކަމަށް އެ އިދާރާއިން ބުންޏެވެ.
“މިފަދަ ވިސާގެ ގަވާއިދާ ހިލާފު އަމަލުތައް އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރަން. އަދި އެކަށީގެންވާ ފިޔަވަޅުތައް އަޅާނަން،” އިމިގްރޭޝަން
މީގެ އިތުރުން، މިފަދަ ޙަރަކާތްތަކެއް ފާހަގަކުރެވިއްޖެނަމަ މި ލިންކު – imuga މެދުވެރިކޮށް ރިޕޯޓުކުރުމަށް އިމިގްރޭޝަނުން އެދެއެވެ.
ފަތުރުވެރިންގެ ވިސާ ގައި ރާއްޖޭގައި ހުރެގެން ވިޔަފާރިކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްވެސް މެއެވެ. ގާނޫނާ ހިލާފު އަމަލެއް ހިންގުމަކީ ބޮޑު ކުށެއްވެސްމެއެވެ.

