ޔަންމާ އިންޖީނު ބޭނުން ކުރަމުން އަންނަތާ 50 އަހަރުން ފާހަގަކޮށްފިއެވެ.
ޔަންމާ އިންޖީނު ބޭނުން ކުރަމުން އަންނަތާ 50 އަހަރުން ފާހަގަކޮށްފައިވަނީ ރޭ ހޮޓަލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައިވަނީ ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޑރ.އަމްޒަތު ވިދާޅުވީ ޔަންމާ އިންޖީނު ބޭނުން ކުރަމުން އަންނަތާ 50 އަހަރުފުރުމަކީ މަސްވެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި މިހާރުވެސް މަސްދޯނިފަހަރުގެ 80 އިންސައްތައިގައ ބޭނުންކުރަނީ ޔަންމާ އިންޖީނު ކަމަށެވެ. ރޭގެ ކުރިއަށްދިޔަ އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސިޒް ޓަކޭޗީ މިޑޯރީއެވެ.
ޑރ.އަމްޒަތު ވިދާޅުވީ މިއީ 50 އަހަރުގެ ކާމިޔާބީގެ ހެއްކެއް ކަމަށާއި ޖަޕާނު ސަރުކާރުން ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާކަމަށެވެ.

