އަތްވާއި ވާރޭގަ ބިޔަ ކަނޑުތަކުގަ މަސްވެރިންކުރާ ހިތްމަތުގެ އަގުވަޒަން ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހާއި ގުޅިގެން މަސްވެރިންނަށް ދެއްވި ހާއްސަ މެސެއޖެއްގައެވެ.
ރައީސް އެކްސްގައި މިފަދައިން ޕޯސްޓް ކުރަމުން ވިދާޅުވީ އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރިން ކުރާ ހިތްމަތުގެ އަގު އިޙްތިރާމާއިއެކު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.
ރައީސް ވަނީ މިއަދުން ފަށައިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ޖަމާވާނެކަން ވެސް އިއުލާނު ކުރައްވާފައެވެ. ، ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދައްކަން ޖެހިފައި އޮތް 38 މިލިއަން ރުފިޔާ، އިއްޔެ ހެނދުނުގެ ވަގުތެއްގައި ދައްކައި ޚަލާސް ކުރެވިފައިވާކަމުގައި ރައީސް ވިދާޅުވެފައެވެ.
އެގޮތުން، ބީ.އެމް.އެލްގައި އެކައުންޓް ހުޅުވާފައިވާ 196 ބޭފުޅަކަށް 32.4 މިލިއަން ރުފިޔާ، އަދި، އެމް.އައި.ބީގައި އެކައުންޓް ހުޅުވާފައިވާ 20 އޮޑިވެރިއަކަށް 5.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ނިމުނީ ކަމަށާ، ކުރިއަށް އޮތް ތަނުގައި އެފަދަ ބެކްލޮގެއް ކުރިމަތި ނުވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

