ދިވެހިންގެ މުއްސަނދި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓުމުގައި މަސްވެރިންގެ އަގުނުކުރެވޭ ވަރުގެ އެހީތެރިކަން ފާހަގަކުރާކަމަށް މިފްކޯއިން ބުނެފިއެވެ.
ަމިފްކޯއިން މިހެން ބުނެފައިވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖެއްގައެވެ. އެގޮތުން ވިދާޅުވީ އަޅުގަނޑުމެންގެ ޖަޒީރާ ޤައުމުގެ އިޤްތިޞާދާއި ޘަޤާފަތުގެ އެންމެ އަޑީގައި ތިއްބެވި، ރާއްޖޭގެ މަސްވެރިންގެ ބުރަ މަސައްކަތް ކަމަށާއި، ހިތްވަރާއި، ކެތްތެރިކަމުގެ އަގު ވަޒަންކުރަން ޖެހޭ ކަަމަށެވެ.
އަދި ރާއްޖޭގެ މުއްސަނދި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓުމުގައި މަސްވެރިންގެ އަގުނުކުރެވޭ ވަރުގެ އެހީތެރިކަން މިފްކޯގައި ފާހަގަކުރާ ކަމަށެވެ.
” ތިޔަބޭފުޅުންގެ ހިތްވަރާއި، މޫދަށް އޮތް ޝައުޤުވެރިކަމަކީ، އަޅުގަނޑުމެން އެންމެންނަށް ވެސް ހިތްވަރު ލިބޭ ކަމެއް.” މިފްކޯ
ދިވެހި ޤައުމަށް ކާންދިނުމަށާއި، އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް އެއްބާރުލުން ދިނުމުގައި، މަސްވެރިން ކުރައްވަމުން ގެންދަވާ ކަންކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ހުރިހާ މަސްވެރިންނަށް ޝުކުރު ދަންނަވާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

