2018 ވަނަ އަހަރުން ފަށައިގެން ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުންދާ ފަރާތަކީ މީޑިއާނެޓެވެ. ދިވެހިރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ފާހަގަކޮށްލެވޭ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ޓީވީ މެދުވެރިކޮށް ބަލާލެވޭނެ ފުރުސަތު މުޅި ރާއްޖެއަށް މީޑިއާނެޓުންވަނީ ފުޅާ ކޮށްފައެވެ.
މީޑިއާނެޓުން އެންމެ ފަހުން ތަޢާރަފް ކުރި "އެމް ޓީވީ" ނުވަތަ މީޑިއާނެޓު ޓީވީ ޚިދުމަތަކީ އެ ކުންފުނީގެ ފަރާތުން ދިވެހިންނަށް ފޯރުކޮށްދެމުންދާ ޚިދުމަތައް އިތުރުވެގެންދިޔަ ފުރިހަމަ އިތުރު ތަރިއެކެވެ.
މީޑިއާނެޓު ޓީވީ ޚިދުމަތާއެކު އަތްފޯރާ އަގުތަކުގައި ތަފާތު ޕެކޭޖުތަކަކަށް ބެހިގެންވާ ދިވެހިންގެ މެދުގައި އެންމެ މަގްބޫލު ކޮންޓެންޓާއި ޗެނަލްތައް ލިބިގެންދާނެއެވެ. ހަމައެއާއެކު މި ޚިދުމަތް މެދުވެރިކޮށް މީޑިއާނެޓުގެ ވީޑިއޯ އޮން ޑިމާންޑް ސާރވިސް "ވީޑިއޯކްލަބް" ގެ ކޮންޓެންޓްވެސް ބަލާލެވޭނެއެވެ.

މީޑިއާ ނެޓް ޓީވީ ބަލާލުމަށް ރިމޯޓް ކީ ބޭނުން ކުރާނެ ގޮތް
ދުނިޔޭގެ އެންމެ ބޮޑެތި ސްޓްރީމިންގް އެޕްލިކޭޝަންތަކާއި އެއްހަމައެއްގައި ގުނާލެވޭނެ ފީޗަރތަކެއް އެމް ޓީވީ ޚިދުމަތުގައި ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ލައިވް ޓީވީ ޕޯސްކޮށް ރިވައިންޑް ކުރުމާއި، ކެޗަޕް ފީޗަރއާއެކު ފާއިތުވި 4 ދުވަހުގެ ކޮންޓެންޓް އަލުން ބަލާލެވުން އަދި އެޕްލިކޭޝަން މެދުވެރިކޮށް ތަފާތު ޕްރޮފައިލްތަކެއް ހެދޭ ފީޗަރ ވެސް މި ޚިދުމަތުގައި ހިމެނެއެވެ.
މީގެ އިތުރުން "ސިމިލަރ ކޮންޓެންޓް" އާއެކު ބަލަމުންދާ ފިލްމާއި ސީރީޒްއާއި ގުޅޭ އެހެނިހެން ކޮންޓެންޓް ބެލުންތެރިއާއަށް ފާހަގަކޮށްދިނުމާއި، ބެލުންތެރިޔާ ނަގާފައިން ޕެކޭޖުގައި ނުހިމެނޭ ޗެނަލްތަކުންވެސް 30 ސިކުންތުގެ ޕްރިވިއު ފެނުން އަދި ބަލަމުންދާ ފިލްމުގައި ހަރަކާތްތެރިވާ އެކްޓަރުން މަސައްކަތްކޮށްފައިވާ އެހެނިހެން ފިލްމް/ސީރީޒް ބެލުންތެރިއާއަށް ރެކޮމެންޑް ކުރުންފަދަ ތަފާތު ފީޗަރތަކެއްވެސް މި ޚިދުމަތް މެދުވެރިކޮށް ލިބިގެންދާނެއެވެ. އަދި އެންމެ ގަޔާވާ ޕްރޮގްރާމްތައް ރިމައިންޑަރ ސެޓުކުރުމާއި ވީޑިއޯކްލަބް ކޮންޓެންޓް އުމުރާއި އެއްގޮތައް ރެސްޓްރިކްޓް ކުރުމާއި ހޯމް ޕޭޖުން ލައިވް އިވެންޓްތަކުގެ ހައިލައިޓްސް ބަލާލެވުން ފާހަގަކޮށްލެވެއެވެ.
އެމްޓީވީ ޚިދުމަތުގައި ޖުމްލަ 4 ބޭސް ޕެކޭޖަކާއި ވީޑިއޯކްލަބް ހިމެނޭ ގޮތައް 3 އެޑްއޮން ހިމެނެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެމް އެކްސް މިނީ އަދި އެމް އެކްސް 380 ޑީކޯޑަރު ބޭނުންކުރާ ފަރާތްތަކަށް އަދި ރަށްރަށުގައި ހިޓްސް ހައިބްރިޑް ޑީކޯޑަރު ބޭނުންކުރާ ފަރާތްތަކަށް މިހާރު އެމްޓީވީގެ ޚިދުމަތް ލިބޭނެކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ. ޓީވީ އަށް ލޯބިކުރާ މީހުންގެ އެންމެ ފަހު މަންޒިލަކަށް އެމްޓީވީ ހަދައިދޭ ހިތްގައިމު އާ ފީޗާތަކާ ބެހޭހުރިހާ ކަމެއްވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް މީޑިއާނެޓުން ބުނެއެވެ.

