ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ފަށައިފިއެވެ.
ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހިތްމަފުއްޓަށް ވަޑައިގެންނެވެ. ވެމްކޯއިން ބުނީ މި ހިދުމަތް މިހާރު ފަށާފައިވާއިރު “ފައްޓަމާ” ނަމުގައި މީހުން ހޭލުންތެރިކުމަށް މިހާރު ވަނީ އާއިލީ ހަވީރެއްވެސް ކުރިއަށް ގެންގޮސްފަ ކަމައެވެ.
ވެމްކޯގެ މި ހިދުމަތާއެކު ގޭ ބިސީތަކުންނާއި ވިޔަފާރިތަކުން ވެސް ކުނި ނެގޭނެ ކަމަށާއި، ލޭންޑް ފިލް މެނޭޖުކުރުމާއި ކުނި ގަވާއިދުން ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތްވެސް ވެމްކޯއިން ކުރިއަށްގެންދާަނެ ކަމަށް ވެމްކޯއިން ބުނެއެވެ.
މީގެ އިތުރުން ވެމްކޯއިން ބުނީ ބަރުކުނީގެ ގޮތުގައި ދެވޭ ހިދުމަތްވެސް ތައާރަފްކުރެވޭނެ ކަމަށާއި، އެގޮތުން ކެޕްސް އަދި ކެޕްސް ލައިޓްގެ ހިދުމަތްވެސް ފުޅާކުރެވޭނެ ކަމަށެވެ.

