ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއިގެ ހޮސްޕިޓަލަކާއި، ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ދެ ހޮސްޕިޓަލަކުން އާސަންދަ ޚިދުމަތް ދިނުމަށް މިއަދު ސޮއިކޮށްފިއެވެ.
މިގޮތުން އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ، ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލާ އެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
އާސަންދަ އޮފީހުން ބުނާ ގޮތުގައި މި ތިން ހޮސްޕިޓަލާއެކު އެއްބަސްވުމުގައި ސޮއިކުރެވުމާ ގުޅިގެން، އަންނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެން ކަނޑައެޅޭ އުސޫލްގެ ތެރެއިން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެއެވެ.
މި އެއްބަސްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިޢުލާންކުރެއްވި ކަމެކެވެ. އޭރު ރައީސް ވިދާޅުވެފައިވަނީ އާސަންދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ މަދު ޤައުމަކުން ކަމަށާއި، އެކަން ބަދަލުކޮށް މި ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިހާތަނަށް އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީ ލަންކާއަށެވެ. ނަމަވެސް މި އައު އެއްބަސްވުމާއެކު، ޔޫއޭއީ އާއި ތައިލެންޑަށްވެސް އާސަންދައިގެ ދަށުން ފަރުވާ ހޯދުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
https://twitter.com/AasandhaLtd/status/1866421225997918497?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1866421225997918497%7Ctwgr%5E17e99ddfccb10218da6d9bec75de57e9fc73be2d%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F148807ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ ބޭސްފަރުވާއަށް މި ޤައުމުތަކަށް ދަތުރުކުރާއިރު ހުރުމާއި ކެއުން އަދި އެހެނިހެން ޚަރަދުތައް ހިމެނޭ ގޮތަށް ކަންތައް ހަމަޖައްސާނެ ކަމަށެވެ.
މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީވަމުންދާއިރު، ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތްތައް ލިބިދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

