ފޮރިން ސަރވިސް އިންސްޓިޓިއުޓް (ފޮސިމް) އާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) އާ ދެމެދު މިނިސްޓްރީގައި މިއަދު “ލެޓަރ އޮފް އިންޓެންޓް” އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ފޮސިމް އާއި ސީޑީއެސްއެސް އާ ގުޅުންހުރި ދާއިރާތަކުން ފޮރިން ސަރވިސް އޮފިސަރުންނާއި ޑިފެންސްގެ ސްޓާފުން ތަމްރީނު ކުރުމާއި އަދި އެކުގައި ދިރާސާތައް ކުރުމަށް މަގުފަހި ވެގެންދާނެ ފަދަ މުހިންމު އެއްބަސްވުމެކެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވުނު ސޮއިކުރުމުގެ ޙަފްލާގައި ފޮސިމް އާއި ކޮލެޖްގެ އިސްބޭފުޅުންގެ ޙާޟިރުގައި ފޮސިމްގެ ފަރާތުން “ލެޓަރ އޮފް އިންޓެންޓް” ގައި ސޮއި ކުރެއްވީ ފޮރިން ސެކްރެޓަރީ އަލްފާޟިލާ ފާތިމަތު އިނާޔާ އެވެ.
އަދި ސީޑީއެސްއެސް ގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކޮލެޖްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް އެވެ.

