10 ޑިސެމްބަރު 10:00 އިން 11 ޑިސެމްބަރު 10:00 އަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނާ ގޮތަށް "ފަތިސްތަރިން" މި ގެނެސްދެނީ އޭގެ ތަފްސީލާއި، ނަކަތުން މޫސުމަށް އަންނަ ބަދަލުގެ މައުލޫމާތެވެ.
މޫސުން: މެންދުރުފަހުން މަދު ރަށްތަކަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެން ވޭއެވެ. ވައި އެނބުރި އާދައިގެވަރަކަށް މަޑުން، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ އަދި ރާޅުގެ އުސްމިން ހުންނާއ 1 – 3 ފޫޓު. ވަކި ޙާއްސަ ސަމާލެއް ނެތެވެ.
ނަކަތް: މިހާރުމިވަނީ "ދޮށަ" ނަކަތް ލައިގެންފައެވެ. މިއީ ހުޅަނގު މޫސުމުގެ 17 ވަނަ ނަކަތް "ނޮރަ" ނިމި، 18 ވަނަ ނަކަތް ކަމުގައިވާ "ދޮށަ" ނަކަތެވެ. ދޮށަނަކަތަކީ ނޮވެމްބަރުމަހުގެ 27ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
ނޮރަ ނަކަތަކީ 14 ނޮވެމްބަރ ފެށިގެން 26 ނޮވެމްބަރ ހަމަޔަށް ދެމިގެންދާ ބަކަތެކެވެ. ހުޅަނގުން 17 ވަނަ ނަކަތެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ވައި ޖެހޭނެއެވެ. އަދި ކޮންމެވެސް ވަރަކަށް އަވި ދިއްލައި، ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެއެވެ. އާންމު ގޮތެއްގައި ދިވެހިންގެ ތެރޭގައި ބުނެ އުޅޭގޮތުގައި، މި ނަކަތުގެ ފުރަތަމަ ކޮޅިގަނޑު އިރުމަތިން އަހިސްފިނަމަ މި ނަކަތުގައި މަސްވެރިކަން ރަނގަޅު ވާނެއެވެ.
ދޮށަ ނަކަތަކީ އަހަރުގެ ނިމޭތާ އަންނަ ނަކަތެއް ކަމުން ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތަށް މިކަތްވެއެެވެ. މި ނަކަތުގައި ވައި މަޑުވާނެއެވެ. ވައިޖެހޭނީ އިރުއުތުރުންނެވެ. މި ނަކަތުގައި ވެސް މަސްވެރިކަން ރަނގަޅުވާނެ ކަމަށްވެއެވެ. މިހާރު މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށް މަސްވެން ބުނެއެވެ.
ހުޅަނގު މޫސޫމުގެ ނަކަތަށް ކިޔާލަމާ ހިނގާށެވެ. އާންމުކޮށް އެގެންޖެހޭ މައުލޫމާތެވެ. ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ: އައްސިދަ، ބުރުނު، ކެތި، ރޯނު، މިއަހެލި، އަދަ، ފުނޯސް، ފުސް، އަހުލިހަ، މާ، ފުރަ، އުތުރަ، އަތަ، ހިތަ، ހެއި، ވިހާ، ނޮރަ، ދޮށަ އެވެ.
މޫސުމާއި ނަކަތާއި މަސްވެރިކަން ގުޅިފަވަނީ ކީއްވެ؟ މޫސުމަށް އަންނަ ބަދަލުތަކަކީ ކަނޑާއި ފަޅާއި އެއްގަމާއި ގުޅިފައިވާ ކަންތައްތަކެއްކަމުން މިބަދަލު އަންނަނީއެވެ. އިހުގެ މުސްކުޅިން ނަކަތުން ބަލާ ބުނެއުޅޭ ގޮތަށް މިހާރުވެސް އެ ބަދަލުއަންނަމުންދެއެވެ.

