ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ފާޅުކުރެވޭ ޙިޔާލުތަކުގައިވެސް މީހުންގެ މެދުގައި ނަފްރަތު އުފައްދާ އަދި އަނިޔާވެރި އަމަލަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމުން) ގޮވާލާއިފިއެވެ.
އެޗްއާރުސީމުން މިފަދއިން ގޮވާލާ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެމްޑީޕީން ދާދިފަހުން ބޭއްވި ހަފްލާއެއްގައި އާންމުންގެ މެދުގައި ނަފްރަތު އުފައްދާ އަނިޔާވެރިވުމަށް ހިތްވަރުލިބެދޭގޮތަށް ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން އެކިއެކި ވާހަކަދައްކާ އާންމުވެފައިވާ ވީޑިއޯއަކީ ގާނޫނުގެ ދަށުން ބަލައިގަނެވޭ މިންގަނޑަށް ފެތޭ ވީޑިއޯއެއްނޫން ކަމަށެވެ.
އެހެންކަމުން ޙިޔާލު ފާޅުކުރުނަމަވެސް މުޖުތަމުގެ ހަމަޖެހުން ނަގާލާގޮތަށް ފާޅުކުރެވޭ ޙިޔާލަކީ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމަށް ލިބިދީފައިވާ ހައްގާއި ރޫހާއި ހިލާފު ކަމެއް ކަމަށާއި، އެދަފައަމަލުތައް ކުރުމަށް ހިތްވަރު ލިބެދޭ ގޮތަށް ގޮވާލާ ކުރެވޭ ހިޔާލުފާލުކުރުމުގެ މިނިވަންކަމަކީ ކޮމިޝަނުންގެ މިނިވަންކަމުގެ ރޫހާއި ޙިލާފު އަމަލެއް ކަމަށެވެ.
އަދި އެފަދަ އަމަކީ ކޮމިޝނުގެ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ސިޔާސީ ޕާޓީތަކާއި އިސްފަރާތްތަކަށް އެފަދަ އަމަލު ނުހިންގުމަށްވެސް ގޮވާލާ ކަމަށެވެ.
ސިޔާސީ ހަރަކާތެއްގެ ތެރޭގައި ނަމަވެސް އަނެއްކާގެ ނަފްސަށް އަބުރަށް ގެއްލުންވާ ފަދަ ގޮތަކަށް އަމަލުނުކުރުމަށާއި، މަސްލަހަތު ނުގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައްވެސް ރޭވުމަށާއި، އެފަދަ ހަރަކާތްތައް ރޭވި ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ރާވާ ހިންގުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

