އިންޑިއާގެ މަޝްހޫރު ޓީވީ ސީރިއަލް "އަނުޕަމާ" އިން އަނޫޖް ކަޕާޑިއާގެ ދައުރު އަދާ ކުރަމުން އައި ފަންނާނު ގައުރަވް ކަންނާ، މި ޝޯވއިން މިވަގުތަކަށް ވަކިވެއްޖެކަން ކަށަވަރު ކޮށްފިއެވެ.
އޮކްޓޯބަރު މަހު "އަނުޕަމާ" ސީރީޒަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އަނޫޕަމާއާއި އަނޫޖު އެޑޮޕްޓް ކުރި ދަރިފުޅު އަނޫ، ފަހުން އާދިޔާ ގެ ނަމަށް ބަދަލުވި ޗޯޓީގެ ބޮލުގައި އަނޫޕަމާގެ މަރުހޫމު ދަރިފުޅު ސަމަރުގެ ހުވަފަތް އަނބިމީހާ، ޑިމްޕަލް އަންދާލައި މަރާލިކަމުގެ ތުހުމަތު ޝާހުއާއިލާއިން ކުރުމާއެކު ގެއަށް ފުލުހުން އައުމުން، އަނޫޕަމާ "އަހަރެން ހުދު މަގޭ ދެއަތުން މަގޭ ދަރިފުޅު ޕޮލިސްސްޓޭޝަނަށް ގެންދާނަން،" މިބަސްތައް އަޑުއިވިފައި ޗޯޓީ ބިރުން ގެއިން ނުކުމެގެން ދަނީ އޭނާގެ މަންމަ އޭނާއާމެދު އަނެއްކާވެސް ޝައްކުކޮށް އޭނާއަށްވުރެ އެހެންމީހުންގެ ވާހަކައަށް އިތުބާރު ކުރިކަމަށް ހީކޮށްފައެވެ.

އަނޫޖު(ގައުރަވްކަންނާ)، އާއި އަނޫޕަމާ(ރުޕާލީގަންގޫލި) /ފޮޓޯ: އީޓީ
އެދަނޑިވަޅަކީ އަނޫޖު، އަނޫޕަމާގެ "އަނޫކީ ރަސޯއީ"ގެ ވިޔަފާރި ކުރިއަށް ޖެއްސުމަށް ދުރު ރަށެއްގައި އޮތް ބައްދަލުވުމަކަށް ދިޔަ ދަނޑިވަޅެކެވެ. އާއިލާއަށް އައި މިވަރުގަދަ ތޫފާނާއެކު، އެންމެންހެން ވިސްނީ އަނޫޕަމާއާއި އަނޫޖަށް އެމީހުންގެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް ވަގުތު ބޭނުންވާތީވެ އެހެން އެންމެންގެ ޒިންމާތަކުން އެމީހުން މިނިވަން ކޮށްލުމަށެެވެ. އޭރު ޝާހުހާންދާނުގެ ހުރިހާ އެންމެންގެ ޒިންމާވެސް އޮތީ ވަންރާޖުޝާހު ފިލައިގެންދިއުމާއެކު އަނޫޕަމާގެ ބޮލުގައި އެޅިފައެވެ.

އަނޫޖު(ގައުރަވްކަންނާ)، އާއި އަނޫޕަމާ(ރުޕާލީގަންގޫލި) /ފޮޓޯ: އީޓީ
އަނޫޕަމާދެކެ ލޯބިވާ އޭނާއަށް ބޮޑުދައިތަކިޔާ (ވަންރާޖުޝާހުގެ އަންހެންކޮށްކޮ ޑޯލީގެ ދަރިފުޅު) މީނޫ އޭނާގެ ފިރިމީހާއާއެކު ޔޫއެސްއަށް ބަދަލުވާން ނިންމައެވެ. އާޝާ ބަވަންގައި ތިބި އެހެންމީހުންވެސް އެކިގޮތްގޮތަށް އެކިތަންތަނަށް ދާން ނިންމައެވެ. ކިންޖަލް އޭނާގެ ދަރިފުޅު ޕަރީ ދޫކޮށްލާފައި ދަނީ އެނބުރި ކޯޓުމެދުވެރިކޮށް ދަރިފުޅު ނަގަންއަންނާނެ ކަމަށް ޕަރިތޯޝަށް އިންޒާރު ދީފައެވެ، ތަޕިޝް، ޑިމްޕަލް ގެއްލުމުގެ ކުއްލި ޝޮކުގައި އެގެއިން ދިއުމަށް ނިންމައެވެ. ޔަތީމު ވި އަންޝް އާއި މަންމަ ދޫކޮށްދިއުމުން އަނޫޕަމާގެ ފަސްބައިގެ ހިޔަލުގައި ހުރި މާހީއާމެދު ވާނެ ގޮތެއް ވިސްނާލި މީހެއް ނެތެވެ، ހަމަ އަނެއްކާވެސް ހުރިހާ ޒިންމާއެއް ނެގީ އަބަދުގެވެސް އާދައިގެ މަތިން، އަނޫޕަމާއެވެ. އަނޫޖުގެ ބޭބެ އަނޫޖު ގެންގޮސް ފަރުބަދައެއްގެމަތިން ވައްޓާލާ މަންޒަރު، ކޮންމެވެސް ބަޔަކު އަނޫޖު ނަގައިގެންދާ މަންޒަރު، ދިރިކަމެއް މަރުވެފައި ކަމެއް ނޭނގޭ ހާލެއްގައި އަނޫޖު އޮތްއިރު ޗޯޓީ ފިލަން ދުވަމުން ގޮސް މަގުމަތީގައި ނުބައި ބައެއްގެ މެދުގައި ހައްޔަރުވާ މަންޒަރު، ބީރައްޓެހި ހިޔަންޏެއް މާދުރުން ފެންނަ މަންޒަރު، އަނޫޕަމާ ގޮތްހުސްވެފައި އިންނަ މަންޒަރު. އަދި ދެން އެހިސާބުން އެބައި ނިމިގެން ދެއެވެ،

އަނޫޖު(ގައުރަވްކަންނާ)، އާއި އަނޫޕަމާ(ރުޕާލީގަންގޫލި) /ފޮޓޯ: އީޓީ
ދެން ފެންނަނީ ދިގު 15 އަހަރުގެ ފަހެވެ. އަމިއްލަ ހިތްވަރުން ފައިސާ ދީފައި ކްރިޝްނަކުންޖު ގަނެ، އަމިއްލަ ނަމުގައި ހުރުމާއެކުވެސް، ޝާހުއާއިލާގެ އެންމެން އަނބުރާ އެގެއަށް ގެނެސް ހިމޭންކަމާއެކު އަނޫކީރަސޯއީގެ މަސައްކަތް ކުރަމުން، ދަރިފުޅާ ބަައްދަލުވާނެ ކަމުގެ އުއްމީދުގައި ދިރިއުޅެމުންދާ އަނޫޕަމާ އާދައިގެ މަތިން އެންމެންގެ ޖެއްސުމާއި ހަޖޫޖެހުމުގެ މެދުގައި ހުންނަ ތަން ފެންނައިރު އަނެއްކޮޅުން ހުރިހާ މާމަ ދަރިންބޮޑެތިވެ ޒުވާންވަމުން އަންނަ ތަން ފެނެއެވެ. އަދި ދެން ކާކުކަން ނޭނގޭ ޕްރޭމް އެއް އަނޫޕަމާގެ އެހީތެރިއަކަށް ވެދެއެވެ. އަދި ޗޯޓީ އަނބުރާ ގެނެސްދެއެވެ. އެހެންނަމަވެސް އަނޫޖުގެ އެއްވެސް ހަބަރެއް ނެތެވެ.
އަނޫޖު އަންނާނެތޯ ބެލުންތެރިން އުފައްދަމުންދާ ސުވާލުތަކަށް އެންމެ ފަހުން އިހަށް ދުވަހު އަނޫޖުކަޕާޑިއާ، ގޯރަވް ޖަވާބު ދީފިއެވެ.

އަނޫޖު(ގައުރަވްކަންނާ)، އާއި އަނޫޕަމާ(ރުޕާލީގަންގޫލި) އަދި ޗޯޓީ އަނޫ /ފޮޓޯ: އީޓީ
"މީހުން އަބަދުވެސް އަހަންނާ ސުވާލުކުރޭ އަނޫޕަމާއަށް އަނބުރާ އަންނާނެތޯ،" ގައުރަވް ބުންޏެވެ. "ރާޖަން ސަރ (ޕްރޮޑިއުސަރ ރާޖަން ޝާހީ) އާއެކު މަޝްވަރާ ކުރެވުނު އަނޫޖުގެ ކެރެކްޓަރ އަށް ބޮޑު ބަދަލަކާއެކު އަނބުރާ ގެނަައުމާމެދު. އަދި އެކަމަށް ދެމަސް ދުވަހު އިންތިޒާރުކުރިން. ނަމަވެސް، ސީރީޒްގެ ވާހަކަ ކުރިއަށް ގެންދަން ޖެހޭތީވެ، މީހުންގެ ސުވާލުތަކެކޭ އެެއްގޮޮތަށް އަހަރެންގެ އަމިއްލަ ކެރިއަރަށް ވެސް ރަނގަޅު ގޮތްކަމަށް ވިސްނުނީ ދެމަސްދުވަހަށްފަހު އިތުރަށް އިންތިޒާރު ކުރުމަކީ މާނައެއް ނެތް ކަމެއްކަން. ރާޖަންސަރވެސް ނިންމީ އަހަރެން އެހެން ބޮޑު އެއްޗަކަށް ދާންވީ ވަގުތު އައިސްފިކަމަށް. އެހެންވީމާ، މިވަގުތަށް އަނޫޖްގެ ބައި ނިމުމަކަށް އައިސްފައިވާ ކަން ޔަގީން. އެކަމަކު އަހަރެން މިބުނަނީ އެކަން ފުލްސްޓޮޕެއްގެ ގޮތުގައި ނޫން، ކޮމާއެއްގެ ގޮތުގައި،. އަނޫޕަމާއަށް އަހަރެންގެ ބޭނުން އޮވެއްޖެނަމަ އަދި އަހަރެންގެ ޝެޑިއުލް ތަންދޭނަމަ، އަނބުރާ އައުމަށް ހަމަ ތައްޔާރު،"

އަނޫޖު(ގައުރަވްކަންނާ)، އާއި އަނޫޕަމާ(ރުޕާލީގަންގޫލި) /ފޮޓޯ: އީޓީ
ގައުރަވް އިތުރަށް ބުނީ، "އަނޫޖްގެ ދައުރު ފުރަތަމަ ރޭވިފައި އޮތީ 3 މަހުގެ ފެނިލުމެއްގެ ގޮތުގައި. އެކަމަކު އެއީ އަހަރެންގެ ކެރިއަރގެ ވަރަށް މުހިންމު ބައަކަށްވެ، 3 އަހަރަށްވުރެ ގިނަ ދުވަހު ދެމިގެން ދިޔަ. އަނޫޖަށް ލިބުނީ ވަރަށް މަދުން ލިބޭފަދަ ލޯތްބެއް، އަދި އަހަރެންގެ ފޭންސްއަށް އެކަމަށްޓަކައި ޝުކުރު އަދާކުރަން."
މިހާރުދެން ޔަގީން ކަމަކީ އަދި މިވަގުތަަކަށް އަނޫޕަމާއިން އަނޫޖުގެ ބައި ނިމުމަކަށް އައީކަމެވެ. ގައުރަވް ކަންނާގެ ވަކިވުމަކީ "އަނުޕަމާ" ގެ ބެލުންތެރިންނަށް ވަރަށް ބޮޑު ހިތާމައެކެވެ. ނަމަވެސް، މުސްތަގުބަލުގައި އަދިވެސް ގައުރަވް ކަންނާ އެނބުރި އަނޫޖުގެ ބަޔަށް، މި ޝޯއަށް އަނބުރާ އައުމުގެ ފުރުސަތު އޮތްކަމަށް ގައުރަވް ފާހަގަ ކޮށްފައިވާތީ، ބެލުންތެރިންނަށް އަދިވެސް އުއްމީދެއް އެބައޮތްކަން ޔަގީނެވެ.

