މިރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފް އިން ސޯޝަލްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި، ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 20:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.
މިރޭ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓެއްގައި ކަމަށްވެސް އެމްއެެންޑީއެފުން ވަނީ ހާމަކޮށްފައެވެ. މިރޭ 8:30 ގައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ހަވާ އަރުވާނީ ދެ މިނެޓަށެވެ
ވިޔަފާރި އުސޫލުން ސިފްކޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ އިވެންޓުތަކުގައި ހަވާ އަރުވައެވެ.

