ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އަނބިކަނބަލުން، ވަސީމާ މުހައްމަދު ނިޔާ ވެއްޖެއެވެ.
މަޖިލިސް އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ނޮޅިވަރަމް ދާއިރާގެ މެންބަރުގެ އަނބިކަނބަލުން ވަސީމާ ނިޔާވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ ގެ ނަމުގައާއި މަޖިލިސް މެންބަރުންގެ ނަމުގައި، އޭނާގެ އާއިލާއަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަަމަށެވެ.
ވަސީމާ ނިޔާވުމާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ކުރެއްވި ޕޯސްޓެއްގައި، މެންބަރު މުހައްމަދު ރަޝީދުގެ އަނބިކަނބަލުން، ވަސީމާ ނިޔާވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކުއި ކަމަށް ވިދާޅުވެފައިވެއެވެ.. އަދި މެންބަރު މުހައްމަދު ރަޝީދުގެ އާއިލާއަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށްވެސް އެޕޯސްޓުގައި ބުނެފައިވެއެވެ.

