އއ. އަތޮޅު މާޅޮހު ކައުންސިލް އިދާރާގެ ތިޖޫރީން 492،867 ރުފިޔާ ގެއްލިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ. މިކަން ހާމަވެފައި ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުއްވާފައިވާ އއ. މާޅޮހު ކައުންސިލް އިދާރާގެ ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2017 އަދި 2018 ވަނަ އަހަރު ކައުންސިލް އިދާރާގެ ތިޖޫރީން ނަގާފައިވާ ފައިސާގެ ތެރެއިން މި އަދަދުގެ ފައިސާ ގެއްލިފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ:
1. ބޭންކް އެކައުންޓުން ނަގައި ތިޖޫރީއަށް ވައްދާފައި ނުވާ 255،584 ރުފިޔާ
2. ލިޔެކިޔުންތައް އޮޅުވާލައިގެން ބޭންކް އެކައުންޓުން ނަގާފައިވާ 112،500 ރުފިޔާ
3. މުވައްޒަފުންނަށް އިތުރަށް ދީފައިވާ 82،579 ރުފިޔާ
4. ކައުންސިލް އިދާރާގެ އެކައުންޓަށް ޖަމާކުރުމަށް ތިޖޫރީން ނަގައި ގެއްލިފައިވާ 42،204 ރުފިޔާ
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، 2018 ވަނަ އަހަރު ކައުންސިލް އިދާރާގެ ފައިސާގެ ކަންކަމާ ހަވާލުވެ ހުރި ކުރީގެ އެޑްމިން އޮފިސަރު، އެ އަހަރު ކައުންސިލް އިދާރާއަށް ލިބިފައިވާ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 200،000 ރުފިޔާ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރިކަމަށް އިއުތިރާފުވެފައިވާކަމަށް ބަޔާން ކޮށްފައިވެއެވެ.

