ޒަމާނަށް އައި ބަދަލާއެކު މީހުންގެ ވައްޓަފާޅިއަށްވެސް ބަދަލު އަތުވެއްޖެއެވެ. އިހުގައި ކޮށްއުޅުނު ކަންތައްތަކެއް މިހާރުކޮށް ނުއުޅެއެވެ. އޭގެ ސަބަބުން ލިބެންއައި ރަނގަޅު ކަސްރަތުތައް ނުލިބި މީހާ މާބޮޑަށް ފަލަވެ "މަޑަޗަކުން ޗައްޕާސް" އަށް ވަނީ ބަދަލުވެފައެވެ، ފަލަވެ ހެލިފެލިވާން އުނދަގީވެފައެވެ
ނިސްބަތުން ގިނަމީހުންނަކީ މިހާރު ފަލަބަލީގެ މީހުންނެވެ. މިކަން މިދާވަނީ ކާ ތަކެއްޗާއި ކުރާ މަސައްކަތުގެ ސަބަބުންނެވެ. ޙާއްސަކޮށް ތަފާތު ކާތަކެތި ބޭނުން ކުރުމަށްފަހު މަސައްކަތް ނުކުރާތީއެވެ. މީގެ ކުރިން ފެންނަ ރީތި ލޫޅާފަތި އަންހެނެއް މިހާރުނފެނެއެވެ.
މީގެ 20 ވަރަކަށް އަހަރުކުރީން ދިވެހީން ފަތިހާ ހޭލާނެއެވެ. އަދި ފަތިސްމުނާޖާ ކޮނޑުލައިގެން ދެތުވެ މަސައްކަތަށް ޝާމިލްވާނެއެވެ. އެގޮތުން ފަތިސް ނަމާދަށްފަހު ގޭގައި ތިބޭ އަންހެންވެރިން ގޭގެ ގޯތިތެރޭގައި ވަށާ ކުނިކަހައެވެ. އޭރު ކުނިކަހާ އުޅެނީ މިހާރު ގޮތަށް ކޮޅަށް ސީދަލަށްހުރެގެނެއް ނޫނެވެ. މިހާރުގޮތަށް މަށަންތިން ކުނިކަހާ ޒާތަކަށްވެސް ނޫނެވެ. ގުދުވެ ހަށިގަނޑު ދަމާލުމަށްފަހު މީހާގެ މުޅި ހަށިގަނޑަށް އެގުންވާ ގޮތަށެވެ. އެއީ މޮޅު ފައިދާހުރި ކަސްރަތެކެވެ. މިހާރު މިފަދަ ތާޒާ ކަސްރަތެއް ނުލިބެއެވެ.
މީރުހާ ކާއެއްޗެއް ކައިގެން ތިބެ ނިދަނީއެވެ. ކުޅެނީ ސްމާރޓް ފޯނުތަކާއެވެ. ނިދަނީ އަރާމު ގޮދަނޑި ތަކުގައެވެ. ހޭލެވެނީ އިރު މެދުޖެހޭފަހުންނެވެ. ހަށިގަނޑު ސީދަލަށްހުރެ ލިބޭ ކަސްރަތަށްވުރެ މީހާ ގުދުވެގެން ހަށިގަނޑުގެ މަސްތަކަށް ވާންވާ ގޮތަށް ކުނިކަހާލުމުން ހަގީގަތުގައިވެސް ލިބޭނީ އަޖައިބުކުރުވަނިފަދަ ކަސްތަރަތެކެވެ. އޭރު ގިނަމީހުން ރީތިކޮށް ތިބުމުގެ އަސްލަކީ ވެސް އެއީ އެވެ.

