ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) އަދި ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓްގެ ފަރާތުން މިހާރު ކުރިޔަށްގެންދާ އައުޓް ރީޗް ޕްރޮގްރާމް ގެތެރެއިން މިވަގުތު ކުރިޔަށްދަނީ އއ. އަތޮޅުގައި ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ޑިސެންބަރ 12 އިން 14 އަށް ކުރިއަށްގެންދާ އެ އައުޓް ރީޗް ޕްރޮގްރާމްގެ ދަށުން މިއަދު ހަވީރު އއ. ފެރިދޫގައި، ޖޮބް ޕޯޓަލް މެދުވެރިކޮށް ވަޒީފާ ހޯދުމާއި ގުޅޭ އެކި ކަންކަންކުރުމަށް ޒުވާނުން އަހުލުވެރިކުރުވުމުގެ އިތުރުން ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް ކުރިވިދާނެ އިތުރު މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރުމެއެވެ.
ހޮނިހިރު ދުވަހު ހެނދުނު 9:00 ން 11:30ށް އއ. ބޮޑުފުޅަދޫގައި މިހަރަކާތް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފަ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެކި އެކި ދާއިރާތަކުން ވަޒިފާތަކަށް ޒުވާނުން އަހުލުވެރިކުރުމާއި، ހުރިފުރުސަތުތައް ފަހިކޮށްދިނުމަށް ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) އިން ކުރައްވަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރެއަށް އަމާޒުކުރައްވައިގެން އައުޓްރީޗް ޕްރޮގްރާމްތައް މި މަހު ފަށާފައިވާއިރު އެންމެ ފުރަތަމަ މި ހަރަކާތް ކުރިޔަށް ގެންދެވުނީ ވ އަތޮޅުގައެވެ.

