އެންސީއެސްގެ މެނޭޖްމަންޓް އިން އއ.ފެރުދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު ފެރިދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި އެންސީއެސްގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ ޝަހީދާ ޢަލީ އާއި ސީނިއަރ މެނޭޖަރ ޝުޖާތު ޚަލީލު ބައިވެރިވެވަޑައިނެވިއެވެ.
މި ބައްދަލުވުމުގައި ފެރިދޫ ކައުންސިލާއި ޑަބުލިޔުޑީސީ އިން އެންސީއެސް އާއި ގުޅިގެން އެރަށުގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށްގެންދިއުމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) އަދި މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު(މީރީ) ގުޅިގެން ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ތެރެއިން މި މަހުގެ 12 ން 14 ށް އއ. އަތޮޅުގައި ސެޝަންތަކެއް ކުރިޔަށްގެންދިއުމަށް އެ އިދާރާގެ ޓީމެއް މިވަގުތު ތިއްބެވީ އއ. ފެރިދޫގައެވެ.

