މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ބޯޑަށް ދަހާ ޝުއައިބް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މީރާގެ ބޯޑުގެ މެންބަރު އަލްއުސްތާޒު މަޚްޒޫމް ސަލީމްގެ ދައުރު ހަމަވުމާއި ގުޅިގެން އެ މަގާމަށް ދަހާ އައްޔަން ކުރުމަށް މިވަނީ ފާސްކޮށްފައެވެ.
.ކެރީބިއަން، ދަހާ ޝުޢަޢިބު ގެ ނަން ފާސްވެފައި ވަނީ މޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ވޯޓާއިއެކު އިއްތިފާގުންނެވެ.
2013 ވަނަ އަހަރު އިންޑިއާގެ ބެންގަލޯރ ޔުނިވާސިޓީއިން އިކޮނޮމިކްސް ދައިރާއިން މާސްޓަރ ހާސިލްކުރައްވާފައިވާ ދަހާ ދަނީ 2013 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި މަސައްކަތް ކުރައްވަމުންނެވެ.
އެމްއެމްއޭގެ ގިނަ މަގާމުތަކެއް އޭނާ ފުރުއްވާފައިވާއިރު، މިހާރު މަސައްކަތް ކުރަމުންދަނީ އެމްއެމްއޭގެ މަނިޓަރީ އެންޑް އެކްސްޗޭންޖް ރޭޓް ޕޮލިސީ ޑިވިޝަންގެ އިކޮނޮމިސްޓެއްގެ މަގާމުގައެވެ.

