މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަން ހަމަޖައްސައި، ވަގުތު ކަނޑައަޅާފައި އޮތް ޖަލްސާ ކެންސަލްކޮށް ފަސްކޮށްފިއެވެ.
އެކަން ހާމަކޮށްފައި ވަނީ، މަސްވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މަސްވެރިންގެ ޖަލްސާ ފަސްކުރީ މިއަދު މާލޭގައި ހިނގައިދިޔަ ހިތާމަވެރި އެހާމެ ސިހުން ގެނުވި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމަށެވެ.
އެހެންކަމުން މާދަމާ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވަން ތާވަލުކޮށްފައިވާ ޖަލްސާ ފަސްކޮށްފައިވީ ނަމަވެސް ދެން ބާއްވާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ޖަލްސާ ބާއްވާނެ ދުވަހެއް އަންގައި އިއުލާނު ކުރާނެ ކަމަށެވެ.
މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ އެންމެ ބޮޑު ހާދިސާއެވެ. މުހިންމު ލިޔެކިޔުންތަކާއެކު ސަރުކާރުގެ ބޮޑު ތިން މުވައްސަސާ އަނދައި އަޅިއަށް ވީއިރުވެސް ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން އަދި ހައުސިން މިނިސްޓްރީ ގެ މަސައްކަތްތައް ވެސް މިހާރު އޮތީ ހުއްޓިފަ އެވެ.
އެހެން ނަމަވެސް އަލުން ހިދުމަތްތައް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

